ކޯވިދަށް ޕޮސިޓިވް އުމުރުން10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދު ނިޔާވި ހަބަރު އެހީ ފުން ހިތާމަ އާއި އެކު ކަމަށް ޗައިލްޑް އެންޑް ފެމިލިޓީ ޕްރޮޓެކްޝަން ސާވިސް (ސީއެފްޕީއެސް) އިން ބުނެފި އެވެ.
މިޝްކާ ނިޔާވެފައިވަނީ ކުއްލިއަކަށް ހާލު ދެރަވުމުން ހޮސްޕިޓަލަށް ގެންދަށް އެމްބިއުލާންސަށްއަށް ގުޅުމުން މިޝްކާ ބަލާ ނުދެވި ގިނައިރުވެ ފަރުވާ ދިނުން ލަސްވެގެންނެވެ. މިޝްކާ ހޮސްޕިޓަލަށް ގެންދަން އެމްބިއުލާންސަށް އެ ކުއްޖާގެ ގެއަށް ދެވުނީ ގުޅިތާ ދެ ގަޑިއިރު ފަހުންނެވެ.
މި ހިތާމެވެރި ހަބަރާއި ގުޅިގެން ސީއެފްޕީއެސް އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިޝްކާއަކީ ޖެންޑާ މިނިސްޓްރީން ހިންގާ އެކި ޚަރަކާތްތަކުގައި ބައިވެރިވެފައިވާ ވަރަށް ހުނަރުވެރި ކުއްޖެއް ކަމަށެވެ.
މި ހިތާމައިގައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސައްގެ ހުރިހާ މުވައްޒަފުން ބައިވެރިވާ ކަމަށް ބުނެފައިވެ އެވެ. އަދި މަރުޙޫމާގެ ޢާއިލާއާއި އެކުވެރިންނަށް ކެތްތެރިކަން މިންވަރު ކުރެއްވުމަށް އެ ތަނުން އެދިފައިވެ އެވެ.
މިޝްކާއަށް ފަރުވާ ދިނުން ލަސްވި މައްސަލަ ހެލްތް މިނިސްޓްރީ އާއި އެޗްއާރުސީއެމްއިން ވަނ ފަށާފައި އެވެ. އަދި އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށްވެސް ވަނީ ހުުށަހަޅަން ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް