ރިޒް ކާޓަން މޯލްޑިވްސް ފަރި އައިލެންޑްސް ރިސޯޓް ހުޅުވައިފި

މާލެ އަތޮޅުގައި ތަރައްޤީކޮށްފައިވާ ރިޒް ކާޓަން މޯލްޑިވްސް ފަރި އައިލެންޑްސް ރިސޯޓް ހުޅުވައިފިއެވެ. މިއީ ރިޒް ކާޓަން ބުރޭންޑުން ރާއްޖޭގައި ހުޅުވާފައިވާ ފުރަތަމަ ރިސޯޓެވެ. މާލެ އަތޮޅުގައި ތަރައްޤީކުރި ރ...

02 Jun 2021 | 07:38

މާލެ އަތޮޅުގައި ތަރައްޤީކޮށްފައިވާ ރިޒް ކާޓަން މޯލްޑިވްސް ފަރި އައިލެންޑްސް ރިސޯޓް ހުޅުވައިފިއެވެ. މިއީ ރިޒް ކާޓަން ބުރޭންޑުން ރާއްޖޭގައި ހުޅުވާފައިވާ ފުރަތަމަ ރިސޯޓެވެ.

މާލެ އަތޮޅުގައި ތަރައްޤީކުރި ރިޒް ކާޓަން މޯލްޑިވްސް، ފަރި އައިލެންސް ރިސޯޓަކީ 100 ކޮޓަރީގެ ރިސޯޓެކެވެ. މި ރިސޯޓުގައި އެއް ކޮޓަރީގެ ވިލާތަކާއި ތިން ކޮޓަރީގެ ވިލާތަށް ހުރެއެވެ. އަދި ތަފާތު އެކި ކަހަލަ ކެއުންތައް ލިބޭ ރެސްޓޯރެންޓުތަކާއި، ރިޒް ކާޓަންގެ ސްޕާއެއްގެ ޙިދުމަތް މި ރިސޯޓުން ލިބޭނެއެވެ.

އެންމެ މަތީ ފަންތީގެ މި ރިސޯޓުގެ ޕްރައިވެޓް ޕޫލަކާއެކު ތަރައްޤީކޮށްފައިވާ އެއްކޮޓަރީގެ އޯޝަން ވިއު ވިލާއަކަށް ޗުއްޓީ ހޭދަކޮށްލުމަށް ރެއަކަށް ގާތްގަނޑަކަށް 28000 ރުފިޔާ ނުވަތަ 1800 ޑޮލަރު ހޭދަވާނެއެވެ. އަދި ޕްރައިވެޓް ޕޫލަކާއި އެކު ހުންނަ ދެ ކޮޓަރީގެ ބީޗުވިއު ވިލާއެއްގައި ޗުއްޓީ ހޭދަކޮށްލުމަށް ރެއަކަށް ގާތްގަނޑަކަށް 7399 ޑޮލަރު ނުވަތަ 114096 ރުފިޔާއަރައެވެ.

ރިޒް ކާޓަން މޯލްޑިވްސް، ފަރި އައިލެންސް ރިސޯޓަކީ ސިންގަޕޫރުގެ ޕޮންޓިއާކް ކުންފުނިން އިންޓަރގްރޭޓަޑް ރިސޯޓު ކޮންސެޕްޓަށް ތަރައްޤީކޮށްފައިވާ ފަރި އައިލެންޑްސްގެ އެއް ރިސޯޓެވެ. މި ތަނުގައި ފަތުރުވެރިންނަށް ޙިދުމަތްދޭ ތިން ރިސޯޓެއް ތަރައްޤީކޮށްފައިވެއެވެ. އެގޮތުން ދުނިޔޭގެ އެންމެ ބޮޑު ހޮޓާ ޗެއިން ކަމަށްވާ މެރިއޮޓް އިންޓަނޭޝަނަލްގެ ބްރޭންޑެއް ކަމަށްވާ ރިޒް ކާޓަންގެ ރިސޯޓުގެ އިތުރުން، ކަޕެލާ ހޮޓެލްސް އެންޑް ރިސޯޓްސްއިން ހިންގުމަށް ހަމަޖެހިފައިވާ ރިސޯޓަކާއި ޕެޓީނާ ހޮޓެލްސް އެންޑް ރިސޯޓްސްއިން ހިންގުމަށް ހަމަޖެހިފައިވާ ރިސޯޓެެއް ފަރި އައިލެންސްގައި ހިމެނެއެވެ.

މީގެތެރެއިން "ޕަޓީނާ މޯލްޑިވްސް ފަރި އައިލެންޑް" ރިސޯޓްވެސް ވަނީ މިދިޔަމަހުގެ ތެރޭގައި ހުޅުވާފައެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް