މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސަރަހައްދަށް މުދާ ބަރުކުރުމަށް ވަދެފައިވާ ސޮނީ ހާރޑްވެއަރގެ "ފަރުމާ" ގެ ފަޅުވެރިއެއް ހޭ ނެތިގެން ވެއްޓުމުން އައިޖީއެމްއެޗް އަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
އެމްޕީއެލްގެ ތަރުޖަމާނު، ދާނިޝް ނިޒާމް ވިދާޅުވީ ފަޅުވެރިއެއް ހޭ ނެތިގެން ވެއްޓުމުން އެމްޕީއެލްގެ މެޑިކަލް ޓީމުން ވަނީ ވަގުތުން އެ ހާދިސާ ހިނގިސަރަހައްދަށް އެޓެންޑްވެ ސީޕީއާރު ދިނުމަށް ފަހު އެމްބިއުލާންސްގައި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ހާދިސާ ރިޕޯޓު ކުރިތާ ތިން މިނެޓު ތެރޭގައި އެ މީހާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށެވެ.
މި ހާދިސާގެ ރިޕޯޓު އެމްޕީއެލް އަށް ލިބިފައިވަނީ، މިއަދު 1123 ގައެވެ. އަދި އެ މީހާ ވަނީ 11:26ގައި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
އޭނާ ދާދި ދެންމެޔަކު ނިޔާވެފައިވާކަމަށް އައިޖީއެމް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ވެސް އެމްޕީއެލް އިން ވިދާޅުވިއެވެ.
(ތަފްސީލް އަންނަނީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް