މި ފަހަރުގެ ކޯވިޑް-19 ރާޅުގައި ކުޑަކުދިން ވެސް ވަރަށް ބަލިވާން ފަށައިފި ކަމަ ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ އަޙްމަދު ފައިސަލް ވިދާޅުވަނީ ރާއްޖޭގައި ކޯވިޑް-19އަށް ހުށައެޅޭ ތުއްތު ކުދިންގެ ޙާލު މިހާރު ސީރިއަސްވަމުން އަންނަކަމަށެވެ. އެގޮތުން އެކި ސަބަބުތަކާއި ހެދި ދިފާޢީ ނިޒާމު ދެރަ ކުދިން ހިމެނޭކަން ޑޮކްޓަރު ވަނީ ފާހަގަކުރައްވާފައެވެ. މީގެތެރޭގައި ފަރުވާ ދިނުމުގައި ބޭނުންކުރާ ސްޓެރޮއިޑް ބޭސް ބޭނުންކުރަމުންދާ ކުދިންނާއި ކެންސަރަށް ފަރުވާ ހޯދަމުންދާ ކުދިންނާއި އުފެދުމުގައިވެސް ދިފާޢީ ނިޒާމުގެ ބާރު ދަށް ކުދިންނާއި ކިޑްނީގެ ބަލިތައް ހުންނަ ކުދިންނާއި ބަރުދަން މާ މަތީގައި ހުންނަ ކުދިންނާއި އެނދުމަތިވެފައި ތިބޭކުދިން ހިމެނޭކަމަށް ޑރ.ފައިސަލް ވިދާޅުވެއެވެ.
https://twitter.com/Faisalnaifaru/status/1399762758011265029
ކޯވިޑް-19ގައި ބަލީގައި 208 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާދެމުން އެބަ އާދައެވެ. އޭގެތެރެއިން 11 މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދޭއިރު 7 އަހަރުގެ ތުއްތު ކުއްޖެއްވެސް މި ލިސްޓުގައި އެބަ ހިމެނެއެވެ. އަދި މި ބަލީގައި ރާއްޖެއިން މި ވަނީ ފުރަތަމަ ފަހަރަށް ތުއްތު ކުއްޖަކުވެސް ނިޔާވެފައެވެ.
ކޯވިޑް-19ގެ ހާލަތު ގޯސްވުމުން ބަލި ކޮންޓްރޯލްކުރުމަށް ސަރުކާރުން އެޅި ހާއްސަ ފިޔަވަޅެއްގެ ގޮތުން މިިދިޔަ ހަފްތާއިން ފެށިގެން ހުއްދަނެތި މަގުމަތީގައި އުޅުން މި ވަނީ މަނާކޮށްފައެވެ. ސިއްހީ މާހިރުން ވިދާޅުވީ ދެ ފަހްތާގެ މުއްދަތަށް އެޅި މި ފިޔަވަޅުތަކުން މި ބަލީގެ ނަމްބަރުތައް މަދުވެގެންދާނެކަމަށެވެ. އެހެންނަމަވެސް މަގުތަކުން ފެންނަނީ މި މަންޒަރެއް ނޫނެވެ. އަދިވެސް ގިނަ ބަޔަކު ކޮފީ ބުއިމާއި ބުރުޖެހުމުގައެވެ. މި ބުރާއި ކޮޕީ ނިންމާލަނީ ގޭގައި އިންނަ މުސްކުޅި މައިބަފައިންނާއި ތުއްތު ދަރިފުޅަށް ހަމައަށް ބަލީގެ ވައިރަސް އުފުލާދީގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް