ކުނި ވެފައި އޮއްވާ ފެނުނު ޒުވާނާ މަރުވީ ފިޓްޖެހިގެން: އާއިލާ

ގަލޮޅުގައި ހުންނަ ގެއެއްގައި ކުނި ވެފައި އޮއްވާ ރޭ ފެނުނު ޒުވާނާ މަރުވީ ފިޓްޖެހިގެން ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ. އާއިލާގެ ފަރާތުން ވާހަކަދައްކަމުން އޭނާގެ ދައްތައެއް ބުނީ އޭނާގެ ޚަބަރެއް ނުވެ...

02 Jun 2021 | 06:03

ގަލޮޅުގައި ހުންނަ ގެއެއްގައި ކުނި ވެފައި އޮއްވާ ރޭ ފެނުނު ޒުވާނާ މަރުވީ ފިޓްޖެހިގެން ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.

އާއިލާގެ ފަރާތުން ވާހަކަދައްކަމުން އޭނާގެ ދައްތައެއް ބުނީ އޭނާގެ ޚަބަރެއް ނުވެ ފަސް ވަރަކަށް ދުވަސްވެފައި ވާ ކަމަށެވެ. އަދި މަރުވިކަން އެނގުނީ ކުނިވެގެން ވަސް ދުވަން ފެށުމުން ބެލިބެލުމުން ކަމަށް އޭނާ ބުންޏެވެ.

ޢެނާ ބުނީ މަރުވެފައި ވަނީ ފިޓްޖެހިގެން ކަމަށެވެ. މަރުވި ޒުވާނާ ކޯވިޑް-19އަށް ފައްސިތޯ ބެލުމަށް ވަނީ ސުންކު ނަގާފައެވެ. ނަމަވެސް ނަތީޖާ އަދި ނުލިބެއެވެ. އޭނާ މިހާރު ވަނީ ވަޅުލައިފައެވެ.

އާއިލާގެ އިތުރު މީހަކު ބުނީ އެ ޒުވާނާއަކީީ މީހުންނާއި ވަރަށް ހިތްހެޔޮ އެކުވެރި މިޒާޖެއްގެ މީހެއް ކަމަށެވެ.

ފުލުހުން ބުނީ، ގަލޮޅު ގެއެއްގައި ކުނިވަސް ދުވާތީ ބެލިއިރު، ނިޔާވެ ގިނަ ދުވަސްވެފައިވާ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. އަދި މިކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ 2:33 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، ނިޔާވެފައި އޮއްވާ ފެނުނީ އުމުރުން 27 އަހަރުގެ ދިވެހި އަންހެނެކެވެ. އަދި ސީން ޕްރޮސެސްކޮށް ބަލަން ޖެހޭ ކަންކަން ބެލުމުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ހާމަކުރެއެވެ

އިތުބާރު ހުރި ފަރާތަކުން ދުވަސް އަށް މައުލޫމާތު ދިން ގޮތުގައި އެ އަންހެން މީހާއަކީ އާއިލާގެ އެހެން މީހުންނާ ވަކިން ދިރިއުޅެމުން ދިޔަ މީހެކެވެ، އަދި އޭނާއަކީ ވަރަށް ބަލިކޮށް އުޅުނު މީހެއްަކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.

މިކަން ހިނގި ގޮތް އަދި ދަނީ ތަހުގީގުކުރެވެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް