ސްޓާ ޕްލަސްއިން ދައްކާ މަޝްހޫރު ޑްރާމާ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި ފުރަތަަމަ ލީޑްރޯލުން ފެނިގެން ދިޔަ ކަރަން މެހެރާ، އާންމު ނަމުންނަމަ ނެއިތިކް އަނބިމިހާއަށް އަނިޔާކޮށްގެން ފުލުހަސް މައްސަލަ ހުށަހަޅައިފި އެވެ.
ކަރަން އާއި ދެކޮޅަށް ފުލުހަށް މައްސަލަ ހުށަހެޅީ އޭނާގެ އަންހެނުން ނިޝާ ރާވަލް އެވެ. އެ މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ.
ރިޕޯޓުތައް ބުނާގޮތުގައި މި މައްސަލަ ފުލުހުން ރެޖިސްޓާ ކޮށް ނިޝާގެ ބަޔާން ވަނީ ނަގާފައި އެވެ. އަދި ކަރަންގެ ބަޔާން ނަގަން އޭނާ ހައްޔަރު ކުރުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.
މި ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތަކާއި ގެވެށި އަނިޔާގެ މައްސަލަތައް މީގެ ކުރިންވެސް މީޑިއާއަށް ތިލަވެފައި ވެއެވެ. އެކަމަކު ނިޝާ އެވާހަކަތައް މީގެ ކުރިން ދޮގު ކުރާއިރު އެފަދަ ވާހަކައަކަށް ކަރަން ޖަވާބު ދީފައެއް ނުވެއެވެ.
މިއީ ނިޝާ ކަރަން އާއި ދެކޮޅަށް މައްސަލަ ހުށަހަޅާ އަދި ގެވެށި އަނިޔާގެ ކަންތައް ހާމަ ކުރި ފުރަތަމަ ފަހަރެވެ. ނިޝާގެ ކެއްކުރުން ކޮޅުންލީ ދެމީހުންގެ ދެމެދުގައި ކުރެވުނު ޒުވާބެއްގައި ކަރަން ރުޅިއައިސްގެން ނިޝާ ކޮއްޕާލާއި އޭނާގެ ބޯ ފާރެއްގައި ޖެއްސުމުން ނިޝާގެ ބޯ ފަޅައިގެން ދިޔުމުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
އޭގެ ފަހުން މީޑިއާގައި ނިޝާ ބުނެފައިވަނީ ދެމީހުންގެ ދެމެދުގައި މައްސަލަ ޖެހެނީ ކަރަން ކައިވެނީގެ ބޭރުން އެހެން އަންހެނުންނާއި ގުޅުން ބާއްވާތީ ކަމަށެވެ. އަދި ކައިވެނި ދަމަހައްޓަން އޭނާ މަސައްކަތް ކުރިޔަށް ކަރަންގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށާއި އޭނާ އެހެން އަންހެނުންނާއި ގުޅުން ބާއްވާ ކަމަށް އެއްބަސްވެފައިވާ ކަމަށެވެ.
ނިޝާ އާއި ކަރަން ކައިވެނި ކުރީ ހަ އަހަރު ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު2012 ވަނަ އަހަރު އެވެ. އަދި ދެމަފިރިންގެ އަށް އަހަރުގެ ފިރިހެން ކުއްޖަކު ކުރެ އެވެ.
ކަރަން އާއި ނިޝާ އެކުގައި ފެނިގެން ދިޔަ ޝޯތަކުގެ ތެރޭގައި ސްޓާ ޕްލަސް އިން ދެއްކި "ނަޗްބަލިއޭ5" ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް