ގާޑިޔާ އެކްސިޑެންޓުގައި ފިލި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ދުއްވާފައި ދިޔަ ސައިކަލެއް ބައްވާފައި އޮތް ގާޑިއަލެއްގައި ޖެހި އެކްސިޑެންޓުވުމުން އެކުގައި ދިޔަ މީހާ މަރުވާން ދޫކޮށްލުމަށް ފަހު ފިލި މީހާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި އެވެ. މި އެކްސިޑެންޓު ހިނގާފ...

02 Jun 2021 | 04:18

ދުއްވާފައި ދިޔަ ސައިކަލެއް ބައްވާފައި އޮތް ގާޑިއަލެއްގައި ޖެހި އެކްސިޑެންޓުވުމުން އެކުގައި ދިޔަ މީހާ މަރުވާން ދޫކޮށްލުމަށް ފަހު ފިލި މީހާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި އެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ މިދިޔަ މަހުގެ26 ވަނަ ދުވަހުގެ ރޭ އެވެ. އެމީހާ ހައްޔަރު ކުރީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ.

މި މައްސަލައިގަ މަޑުނުކޮށް ފިލާފައިވަނީ އުމުރުން 26 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، އޭނާ ވަނީ ތުހުމަތުތަކަށް އިންކާރު ކޮށްފަ އެވެ. އެކްސިޑެންޓުގައި މަރުވީ އޭނާގެ ރައްޓެއްސެއް ކަމަށާއި އެހެން ނަމަވެސް ފިލާފައި ނުވާނެ ކަމަށް ކޯޓުގައި ބުނެފައިވެ އެވެ.

އޭނާ ބަންދުކުރީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން، ފިލާފާނެކަމަށްޓަަކަ އެވެ. ކޯޓުން ވަނީ އެމީހާގެ ބަންދަށް 10 ދުވަސް ޖަހައިދީފަ އެވެ.

އެ ގާޑިއާ ބާއްވާފައި އޮތީ ގ. ހުވަފެނީ ގޯޅީގައި އެވެ. އެކްސިޑެންޓު ހިނގާފައިވަނީ އެރޭ 10:00 ހާއިރު އެވެ.

އެ އެކްސިޑެންޓުގައި މަރުވީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ މަރުވީ އެކްސިޑެންޓުވި ވަގުތު ކަރަށް އެއްޗެއް ހެރުމުން އޭޑީކޭއަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް