މާލޭގެ ގެއެއްގައި ކުނިވެފައި އޮއްވާ ޒުވާނަކު ފެނިއްޖެ

މާލޭ ސިޓީގެ ގަލޮޅު އަވަށުގައި ހުންނަ ގެއެއްގެ ތެރޭގައި ނިޔާވެ، ކުނިވެފައި އޮތް ޒުވާނެއް ފެނިއްޖެ އެވެ. ފުލުހުން ބުނީ، ގަލޮޅު ގެއެއްގައި ކުނިވަސް ދުވާތީ ބެލިއިރު، ނިޔާވެ ގިނަ ދުވަސްވެފައިވާ މީހެއްގެ ހަ...

02 Jun 2021 | 01:53

މާލޭ ސިޓީގެ ގަލޮޅު އަވަށުގައި ހުންނަ ގެއެއްގެ ތެރޭގައި ނިޔާވެ، ކުނިވެފައި އޮތް ޒުވާނެއް ފެނިއްޖެ އެވެ.

ފުލުހުން ބުނީ، ގަލޮޅު ގެއެއްގައި ކުނިވަސް ދުވާތީ ބެލިއިރު، ނިޔާވެ ގިނަ ދުވަސްވެފައިވާ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. އަދި މިކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިރޭ 2:33 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، ނިޔާވެފައި އޮއްވާ ފެނުނީ އުމުރުން 27 އަހަރުގެ ދިވެހި އަންހެނެކެވެ. އަދި ސީން ޕްރޮސެސްކޮށް ބަލަން ޖެހޭ ކަންކަން ބެލުމުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ހާމަކުރެއެވެ

އިތުބާރު ހުރި ފަރާތަކުން ދުވަސް އަށް މައުލޫމާތު ދިން ގޮތުގައި އެ އަންހެން މީހާއަކީ އާއިލާގެ އެހެން މީހުންނާ ވަކިން ދިރިއުޅެމުން ދިޔަ މީހެކެވެ، އަދި އޭނާއަކީ ވަރަށް ބަލިކޮށް އުޅުނު މީހެއް ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. އަދި އޭނާ މަރުވިތާ 5 ދުވަސް ވެއްޖެ ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.

މިކަން ހިނގި ގޮތް އަދި ދަނީ ތަހުގީގުކުރެވެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް