ކޯވިޑް ޖެހިގެން ކުޑަކުއްޖާ އާއިލާގެ ކިބައިން މިނިސްޓަރު ނަސީމް މައާފަށް އެދެފި

އިހުމާލުވެފައި ވާތީ، ކޯވިޑް-19 ޖެހިގެން ރޭ ނިޔާވި އުމުރުން 10 އަހަރުގެ އަންހެން ކުއްޖާގެ އާއިލާގެ ކިބައިން ހެލްތް މިނިސްޓަރު އަހުމަދު ނަސީމު މައާފަށް އެދިއްޖެ އެވެ. ކުޅުދުއްފުއްޓަށް ނިސްބަތްވާ އެ ކުއް...

02 Jun 2021 | 00:17

އިހުމާލުވެފައި ވާތީ، ކޯވިޑް-19 ޖެހިގެން ރޭ ނިޔާވި އުމުރުން 10 އަހަރުގެ އަންހެން ކުއްޖާގެ އާއިލާގެ ކިބައިން ހެލްތް މިނިސްޓަރު އަހުމަދު ނަސީމު މައާފަށް އެދިއްޖެ އެވެ.

ކުޅުދުއްފުއްޓަށް ނިސްބަތްވާ އެ ކުއްޖާ ނިޔާވެފައި ވަނީ މިރޭ 12:10 ހާއިރު އެވެ.

މީޑިއާ ތިޕޯޓުތައް ބުނާ ގޮތުގައި، އެ ކުއްޖާގެ ހާލު ގޯސްވެގެން އާއިލާއިން އެމްބިއުލާންސަށް ގުޅި ނަމަވެސް، އެ ކުއްޖާ ބަލައި ދެވުނީ ދެ ގަޑިއިރާއި 25 މިނިޓު ފަހުންނެވެ.

އެ ކުއްޖާގެ ހާލު ގޯސްވެގެން އެމްބިއުލާންސްއަށް އާއިލާގެ ފަރާތުން ގުޅާފައި ވަނީ ރޭ 9:00 ގައެވެ.

އެނގިފައިވާ ގޮތުގައެލްތް މިނިސްޓަރު އަހުމަދު ނަސީމު ވަނީ ފޯނުން ގުޅުއްްވާފައި އެކަމަށް މާފަށް އެދިވަޑައިގެންފައެވެ. އަދި މައްސަލަ ތަހުގީގު ކުރައްވާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވި އެވެ.

ކޯވިޑް-19 ޖެހިގެން ގިނަ ބަަޔަކު ނިޔާވަމުން އަންނަ އިރު، ގިނަ އާއިލާތަކަކުން ދަނީ މިފަދަ އިހުމާލުތަކުގެ މައްސަލަ ފެންމަތިކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް