އުރީދޫ މަސް ރޭހުގެ ފުރަތަމަ ފައިނަލިސްޓުންނަށް ސްޓެލްކޯ އާއި މަލަހިނި ކުޑަބަނޑޮސް ހޮވިއްޖެ އެވެ.
މި ދެ ޓީމުގެ އިތުރުން އަދި ހަތަރު ޓީމު ފައިނަލުގައި ވާދަ ކުރާނެ އެވެ. މަލަހިނި ކުޑަބަނޑޮސް އާއި ސްޓެލްކޯ ފައިނަލަށް ދަތުރު ކުރީ ރޭ ބްރިޖް ވިއު ޕްލެޓްފޯމުގައި ކުރިޔަށް ގެންދިޔަ ސެމީ ފައިނަލް އިވެންޓުން މޮޅުވެގެންނެވެ.
މި ދެ ޓީމާއި ސެމީ ފައިނަލްގައި ވާދަ ކުރީ ޓީމް ގްރޭޓާ މާލެ އަދި ޓީމް ޓުއަރިޒަމް ކްލަބެވެ. މި ރޭހުގެ ފައިނަލަށް ހޮވޭ އިތުރު ދެ ޓީމް މާދަމާރޭ ބާއްވާ ސެމީ ފައިނަލްގެ ދެވަނަ އިވެންޓުން ކަށަވަރުވާނެ އެވެ. ދެވަނަ އިވެންޓްގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ، ޓީމް މިލައިދޫ އައިލެންޑް މޯލްޑިވްސް, ޓީމް ތާޖް އެގްޒޯޓިކާ، ޓީމް އެމްޕީއެލް އަދި ޓީމް ނަލަހިޔާއެވެ.
އެހެން އަހަރު ތަކާއި ހިލާފަށް މިއަހަރު އުރީދޫ މަސް ރޭސް ކުރިޔަށް ގެންދަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެންނެވެ. މިފަހަރުގެމ ުބާރާތުގައި އޮފީސްތަކާއި ކުންފުނިތަކާއި ރިސޯޓުތަކުން ބައިވެރިވެފަވެ އެވެ.
އޭޕްރިލް މަހު ފެށި މި މުބާރާތުގެ ފައިނަލް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް