މާދަމާ ފްލެޓު ފޯމް ބަލައިގެންނަން ފަށާނެ

ސަރުކާރުގެ "ހިޔާ" މަޝްރޫއުގެ ދަށުން ދޫކުރާ ހަތް ހާސް ފްލެޓަށް އެދި ހުށަހަޅާ ފޯމުތައް މާދަމާ ބަލައިގެންނަން ފަށާނެ އެވެ. ހައުސިން މިނިސްޓްރީން ބުނީ ފޯމް ބަލައި ގަތުމުގައި ރައްޔިތުންނަށް ފަސޭހަ އިންތިޒާ...

02 Jun 2018 | 06:00

ސަރުކާރުގެ "ހިޔާ" މަޝްރޫއުގެ ދަށުން ދޫކުރާ ހަތް ހާސް ފްލެޓަށް އެދި ހުށަހަޅާ ފޯމުތައް މާދަމާ ބަލައިގެންނަން ފަށާނެ އެވެ.

ހައުސިން މިނިސްޓްރީން ބުނީ ފޯމް ބަލައި ގަތުމުގައި ރައްޔިތުންނަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާނެ ކަމަށެވެ. އެގޮތުން އޮންލައިންކޮށް ކިއުބީ އެޕް މެދުވެރިކޮށް ނަމްބަރު ނެގޭނެ ކަމަށާއި ދަރުބާރުގެއިންވެސް ކިޔުގައި ނުޖެހި ފޯހު ހުށަހެޅުމުގެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ.

ދަރުބާރު ގޭގައި ފޯމް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ މާދަމާ އިން ފެށިގެން ހެނދުނު 10:30 ން މެންދުރު ފަހު 1:30 ށް އަދި ރޭގަނޑު 9:00 11:00 އަށެވެ.

ފޯމު ބަލައިގެންނަން ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން އަންނަ މަހުގެ 31 ގެ ނިޔަލަށެވެ. މި ހަތް ހާސް ފްލެޓު ލިބޭ މީހުން މި އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި އެނގޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.

މި ފްލެޓުތަކަށް އެދެން ބޭނުންވާ ފަރާތްތަކަށް ފޯމު ދޫކުރަން ފެށީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ހައުސިން މިނިސްޓްރީން ބުނީ މިހާތަނަށް ދަރުބާރުގެއިން 40،000 އަށްވުރެ ގިނަ ފޯމު ގެންގޮސްފައިވާ ކަމަށާއި އޮންލައިންކޮށްވެސް ގިނަ އަދަދެއްގެ ފޯމު ޑައުންލޯޑު ކޮށްފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 14 ކެޓަގަރީއަކުން ފްލެޓު ދޫކުރާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް