ސައުދީގެ ދެ މިނިސްޓްރީއަކަށް، ސައުދީ ރަސްގެފާނު ދެ މިނިސްޓަރަކު އައްޔަން ކުރައްވައިފި އެވެ.
އެގޮތުން މިނިސްޓްރީ އޮފް ކަލްޗާ އަށާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ކޯލް އެންޑް ގައިޑެންސަށް މިނިސްޓަރަކު އައްޔަން ކުރައްވާފައި ވެ އެވެ.
މިނިސްޓަރ އޮފް ކަލްޗާ އަށް އައްޔަން ކުރައްވާފައިވަނީ ޕްރިންސް ބަދުރު ބިން އަބްދުﷲ ބިން ފަރްހާން އަލް ސައުދު އެވެ. މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ކޯލް އެންޑް ގައިޑެންސައް އައްޔަން ކުރައްވާފައިވަނީ އަބްދުލްއާތިފް ބިން އަބްދުލްއަޒީޒް ބިން އަބްދުއްރަހްމާން އަލް ޝެއިޚް އެވެ.
މި ދެ މިނިސްޓްރީއަކީ އަލަށް އުފެއްދި ދެ މިނިސްޓްރީ އެވެ. ސައުދީ ރަސްގެފާނު އިއްޔެ ވަނީ އިތުރު ބޮޑެތި ނިންމުންތަކެއްވެސް ނިންމަވާފައި އެވެ. އެ ނިންމުންތަކުގެ ތެރޭގައި މައްކާ މަދީނާއަށް ހާއްސަ ޝާހީ ކޮމިޝަނެއް އެކުލަވައިލުންވެސް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް