ދުނިޔޭގެ އެންމެ އަގުބޮޑު ފުޓުބޯޅަ ކުޅުންތެރިޔާ ކީރިތި ރަސޫލާގެ މިސްކިތުގައި ރޯދަވިއްލައިފި

ދުނިޔޭގައި މިހާރު ހުރި އެންމެ އަގުބޮޑު ފުޓުބޯޅަ ކުޅުންތެރިޔާ، މެންޗެސްޓަރ ޔުނައިޓެޑްގެ ޕޯލް ޕޮގްބާ މަދީނާގައި ހުންނަ ކީރިތި ރަސޫލާގެ މިސްކިތް މަސްޖިދުލް އަލް ނަބަވިއްޔާގައި ރޯދަވިއްލާ މަންޒަރު ފެންނަ ...

02 Jun 2017 | 07:05

ދުނިޔޭގައި މިހާރު ހުރި އެންމެ އަގުބޮޑު ފުޓުބޯޅަ ކުޅުންތެރިޔާ، މެންޗެސްޓަރ ޔުނައިޓެޑްގެ ޕޯލް ޕޮގްބާ މަދީނާގައި ހުންނަ ކީރިތި ރަސޫލާގެ މިސްކިތް މަސްޖިދުލް އަލް ނަބަވިއްޔާގައި ރޯދަވިއްލާ މަންޒަރު ފެންނަ ވީޑިއޯއެއް ޝޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.

ޕޮގްބާ ވަނީ ދާދިފަހުން އޭނާގެ އޮފިޝަލް އިންސްޓަގުރާމްގައިވެސް އޭނާ އުމުރާގެ އަޅުކަން އަދާކުރަން މައްކާއަށް ގޮސް ނަގާފައިވާ ވީޑިއޯއެއް ޝެއާރކޮށްފަ އެވެ. އެ ވީޑިއޯއިން ފެންނަނީ ޕޮގްބާ އިޙްރާމް ބަނދެގެން މާތްވެގެންވާ ގެފުޅުގެ ކުރިމާތީގައި ހުންނަ މަންޒަރެވެ.

https://www.instagram.com/p/BUnxyx0h_cW/

ޕޮގްބާ އިސްލާމްވީ އޭނާގެ އުމުރުން ވަރަށް ހަގުއިރު އޭނާގެ މަންމަގެ ފާރުތުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް