ބޭނުންވާނެ ތަކެތި
3 ވަށް ކަށިކެޔޮ
8 ޖޯޑު ފެން
1 ޖޯޑު ހަކުރު
1 ޖޯޑު މާފެން
ރާނބާފަތް ކޮޅެއް
ހައްދަވާނެގޮތް
ކަށިކޭލުގެ ކުރަ މެށުމަށްފަހު، ތުނިކޮށް ލިޔުއްވާށެވެ. އެއަށްފަހު ސާފު ތެއްޔަކަށް ފެން އަޅުއްވާ ( ފެން އަޅުއްވާނީ ކަށިކޭލުގެ މަތިން 2 އިންޗި އަރާވަރަށް ) އޭގެ ތެރެއަށް ކަށިކެޔޮ އެޅުއްވުމަށްފަހު އުނދުން މައްޗަށް އުއްދަވާށެވެ. ކަށިކެޔޮ މަޑުވުމުން އުނދުން މަތިން ބާލުއްވާ ހިހޫ ކޮށްލައްވާށެވެ. ހިހޫވުމުން މިކްސަރަކަށް އަޅުއްވާ ހިމުން ކޮށްލައްވާށެވެ. ދެން ފުރާނުއްވާފައި އޭގެތެރެއަށް ހަކުރާއި ރާނބާފަތް ލައްވާ އަލުން ކައްކަވާށެވެ. ހަކުރު ވިރޭ ވަރަށް ކެކުމުން މާފެން އަޅުއްވާ ކެކުމުން އުދުންމަތިން ބާލާ ހިހޫކުރައްވާށެވެ. ބޭނުން ނަމަ ފިނިވެސް ކުރެވިދާނެއެވެ.
ދުވަހުގެ ރެސިޕީ ސެގްމެންޓަކީ ކާނާ.އައިއޯ އާއި ގުޅިގެން ކުރިއަށް ގެންދެވޭ ސެގްމެންޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް