މި ނޫހުން މި ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ކުރިއަށްގެންދާ "ދުވަހުގެ ރެސްޓޯރެންޓް" މި ސެގްމެންޓްގައި މިއަދު މި ގެނެސްދެނީ މާލެ ކައިރި ރިސޯޓެއް ކަމުގައިވާ "މަލަހިނި ކުޑަ ބަނޑޮސް" ރިސޯޓްގެ ރެސްޓޯރެންޓެވެ.
މަލަހިނި ކުޑަ ބަނޑޮސް މި ރޯދަމަހަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާއިރު ރޯދަވީއްލުމަށް ކޮންމެ ދުވަހަށް ހާއްސަ މެނޫއެއް ވަނީ އާއްމު ކޮށްފަ އެވެ. ހަތަރު ތަރީގެ މި ރިސޯޓްގެ ރެސްޓޯރެންޓުން ރޯދަވީއްލުމަށް ބޮލަކަށް ނަގަނީ 650 ރުފިޔާ އެވެ. ހަތް އަހަރުން ދަށުގެ ކުދިންނަށް އެއްވެސް ޗާޖެއް ނުކުރާނެ އެވެ. ހަތް އަހަރާއި 11 އަހަރާއި ދެމެދުގެ ކުދިންނަށް 50 ޕަސެންޓްގެ ޑިސްޑައުންޓެއް ލިބިގެންދާނެ އެވެ.
މަލަހިނި ކުޑަ ބަނޑޮހުގެ ރޯދަވީއްލުމުގެ މެނޫގައި ތަފާތު ގިނަ އައިޓަމްތައް ހިމަނާފައިވާއިރު ލައިވް ކުކިން ތަޖުރިބާ ކޮށްލުމުގެ ފުރުސަތުވެސް ލިބިގެންދާނެ އެވެ.
---------
ދުވަހުގެ ކިޔުންތެރިންނަށް އޮތް އުފާވެރި ހަބަރަކީ މަލަހިނި ކުޑަ ބަނޑޮސް ރިސޯޓުން ދެ މީހަކަށް ރޯދަ ވީއްލުން މުޅިން ހިލޭ ލިބޭ ކަމެވެ. އެންމެ ފުރަތަމަ ދުވަސް.އެމްވީގެ ފޭސްބުކް ޕޭޖް ލައިކްކޮށްލާށެވެ. އަދި މި އާޓިކަލް ފޭސްބުކްގައި ޝެއާކޮށްލާށެވެ. އޭރުން ފޭސްބުކް ޕޭޖް ލައިކްކޮށް މި އާޓިކަލް ޝެއާކުރާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހަކަށް މަލަހިނި ކުޑަ ބަނޑޮސް ރިސޯޓުން ދެ މީހަކަށް ރޯދަ ވީއްލުން މުޅިން ހިލޭ ލިބޭނެއެވެ.
ދުވަހުގެ ރެސްޓޯރެންޓް ސެގްމެންޓްގައި ބައިވެރިވުމުގެ ފުރުސަތު މާލެއާއި އަތޮޅުތެރޭގެ ރެސްޓޯރެންޓް ތަކަށް ވަނީ ހުޅުވާލެވިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް