ބިންހެލުން އައުމުގެ ސަބަބުން ނޭޕާލުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމުގެ މަސައްކަތް ކުރަމުންދިޔަ ހެލިކޮޕްޓަރެއް ވެއްޓި ހަތަރު މީހަކު މަރުވެއްޖެ އެވެ.
ހެލިކޮޕްޓަރު ވެއްޓުނު ކަމަށް ނޭޕާލުގެ ސިފައިންނާއި ފުލުހުން ބުނަނީ މިއަދު ހަވީރު 4:30 ހާއިރު އެވެ. އެ ހެލިކޮޕްޓަރު ވެއްޓި އޭގެން ދަތުރު ކުރި ހަތަރު މީހުން މަރުވެފައިވާއިރު އެމީހުންގެ ހަށިގަނޑުތައް ހޯދިފައިވާކަމަށްވެސް ނޭޕާލުގެ ސިފައިންނާ ފުލުހުން ބުނެ އެވެ.
ވެއްޓުނު ހެލިކޮޕްޓަރު ނިސްބަތްވާ ކުންފުނިން ބުނެފައިވަނީ އެ ހެލިކޮޕްޓަރުގެ ކެޕްޓަނަކީ އެހެން ގައުމެއްގެ މީހެއް ކަމަށާއި ނަމަވެސް ދެން ތިބި ތިން މީހުންނަކީ ނޭޕާލު މީހުން ކަމަށެވެ.
އޭޕްރީލް 25 ވަނަ ދުވަހު ނޭޕާލަށް 7.8 މެގްނެޓިއުޑް ބާރުމިނުގައި އައި ބިންހެލުމުގައި 8600 މީހުން މަރުވެފައިވާއިރު ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ފެނާއި ކާނާ އާއި ބޭސްފަރުވާގެ އިތުރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވަރު ޓީމުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް