އިރާގުގެ ބަގްދާދުގެ ދެކުނު ބިތުގައި ހުންނަ ސިފައިންގެ މަރުކަޒަކަށް މިއަދު ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި 47 މީހަކު މަރުވެފައިވާއިރު އެ ހަމަލާގެ ޒިންމާ އައިއެސް އިން އުފުލައިފި އެވެ.
މިކަމާގުޅިގެން އައިއެސްއިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ އިރާގުގެ ސިފައިންގެ މަރުކަޒަކަށް ޖާނުންފިދާވުމުގެ ހަމަލާއެއްދިނީ ސޯމާލިޔާގެ ރައްޔިތެއް ކަމަށެވެ.
އިރާގުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ އިއްޔެގެ އެ ހަމަލާގައި 47 މީހަކު މަރުވިއިރު އޭގެ ތެރެއިން 40 މީހުންނަކީ ސިފައިންގެ މީހުން ކަމަށެވެ. އަދި އަނެއް ހަތް މީހުންނަކީ ސަރުކާރަށް ތާއީދުކުރާ ބައެއް ކަމަށެވެ.
އައިއެސްއިން ހަމަލާދިން ސަރަހައްދަކީ އައިއެސްއާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަންތައް ހިންގުމަށް އިރާގު ސިފައިން ބޭނުން ކުރަމުން އަންނަ މަރުކަޒެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް