އިމްރާނާއި އަމީން އަދި ސޮބާހުގެ ޝަރީއަތް މިރޭ ފަށަނީ

އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް މިރޭ ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ. އިމްރާންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ނައިބު ލީ...

02 Jun 2015 | 09:00

އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް މިރޭ ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.

އިމްރާންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމާއި އެ ޕާޓީގެ އިސް އެކްޓިވިސްޓް ސޮބާހު ރަޝީދުގެ މައްޗަށް ވެސް ޓެރަރިޒަމްގެ ދައުވާކުރަން ދައުލަތުން ވަނީ ކޯޓަށް ފޮނުވައިފަ އެވެ. އެ ދެ ބޭފުޅުންގެ ޝަރީއަތް ވެސް މިރެއަށް ވަނީ ތާވަލްކޮށްފަ އެވެ. ނަމަވެސް އެ ދެ ބޭފުޅުން ތިއްބެވީ މިވަގުތު ރާއްޖެއިން ބޭރުގަ އެވެ.

މިދިޔަ މަހުގެ ފުރަތަމަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާގައި އިމްރާން ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތަށް ހާޒިރުކުރަން އޭނާ ރޭ ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފަ އެވެ.

ޝެއިހް އިމްރާންގެ ޝަރީއަތް މިރޭ 08:00 އަށް ތާވަލްކޮށްފައިވާއިރު އަމީންގެ ޝަރީއަތް ތާވަލްކޮށްފައިވަނީ 08:30 އަށެވެ. އަދި ސޮބާހުގެ ޝަރީއަތް ތާވަލް ކޮށްފައިވަނީ 09:00 އަށެވެ.

ނަމަވެސް އަމީނާއި ސޮބާހު ރާއްޖޭގައި ނެތުމުން އެ ދެ މީހުންގެ ޝަރީއަތް ބޭއްވޭނެ ކަމަށް ނުބެލެވެ އެވެ.

ޝައިހް އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާ އޭނާ ބަންދުގައި ބަހައްޓައިގެން ޝަރީއަތަށް ހާޒިރު ކުރަން ހައްޔަރުކޮށްފައިމިވަނީ ދާދި ދަހުން ޝެއިގހް އިމްރާންގެ މައްޗަށް ޖިނާއީ ދައުވާ ކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް