ފުލުހުންގެ ސަފު ފަޅާލި ޕިކަޕުގެ ޑްރައިވަރުގެ ޝަރީއަތަށް ނޫސްވެރިން ނުވެއްދި!

އިދިކޮޅު ފަރާތްތަކުން މިދިޔަ މަހު ބޭއްވި ބޮޑު މުޒާހަރާގައި ޕިކަޕަކުން ފުލުހުންގެ ސަފު ފަޅާލި މައްސަލައިގައި އެ ޕިކަޕުގެ ޑްރައިވަރުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމަށް ނޫސްވެރިން ނުވައްދާ ކުރިއަށް ގެ...

02 Jun 2015 | 08:15

އިދިކޮޅު ފަރާތްތަކުން މިދިޔަ މަހު ބޭއްވި ބޮޑު މުޒާހަރާގައި ޕިކަޕަކުން ފުލުހުންގެ ސަފު ފަޅާލި މައްސަލައިގައި އެ ޕިކަޕުގެ ޑްރައިވަރުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމަށް ނޫސްވެރިން ނުވައްދާ ކުރިއަށް ގެންގޮސްފި އެވެ.

ޕިކަޕު ބޭނުންކޮށްގެން ސަފު ފަޅާލި މައްސަލައިގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރަނީ ސ. ހިތަދޫ އަލިިމަސްގޭ ބާސިތު އިބްރާހިމްގެ މައްޗަށެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ކުރިއަށް ގެންދިޔައިރު އެ ޝަރީއަތް އަޑުއަހަން ނަން ނޯޓުކުރި އެއްވެސް ނޫސްވެރިއަކު އެ އަޑުއެހުމަށް ނުވެއްދީ ޖާގަ ނެތުމުން ކަމަށް ކޯޓު މުވައްޒަފުން ބުންޏެވެ. ނަމަވެސް އެ ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނޫސްވެރިން ނުވެއްދުނީ ދިމާވި ކުޑަ މައްސަލައަކުން ކަމަށާއި ނޫސްވެރިން ވެއްދުމުގެ ކުރިން ޝަރީއަތް ފެށުނީ ކަމަށެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައިވާ ބާސިތުގެ މައްޗަށް އެ ކުށް ސާބިތުވެއްޖެ ނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ނުވަތަ އަރުވާލުމުގެ ހުކުމެއް އޭނާއަށް އަންނާނެ އެވެ.

އެ މައްސަލައިގަ އޭނާ ހައްޔަރު ކުރުމުން އޭނާ ޕިިކަޕުގައި ގޮސް ފުލުހުންގެ ސަފުތަށް ފަޅާލީ މުޒާހަރާ އިންތިޒާމް ކުރި ފަރާތުން ބުނެގެންކަމަށް ތަހުގީގުގައި ބުނެފައިވާކަމަށް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް