ދޯންޏަކަށް ލަކުޑި ބަރުކުރަން ބޭނުންކުރި ކެރޭނެއްގެ ވާގަނޑު ކަނޑައިގެން ގޮސް ލަކުޑިތަކެއް ފުރޮޅާލައި މީހަކަށް އަނިޔާވެއްޖެ އެވެ.
މިކަން ހިނގާފައިވަނީ މާލޭ ވިޔަފާރި ބަނދަރު ސަރަހައްދުގައި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި އެ ސަރަހައްދުގައި އޮތް ބޯޓަކުން ދޯންޏަކަށް ލަކުޑި ބަރުކުރަން ބޭނުންކުރި ކެރޭނަކަށް ދިމާވި މައްސަލައަކާ ގުޅިގެން ފުރޮޅާލި ލަކުޑިތަކުން ޖެހި އަނިޔާވީ އެ މަސައްކަތުގައި އުޅުނު މީހަކަށެވެ. ލަކުޑިތަކުން ޖެހުމާ އެކު އެ މީހާ މޫދަށް ވެއްޓުނު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން ބުނީ އެމީހާއަށް މާބޮޑު އަނިޔާއެއް ނުވިނަމަވެސް ބޯ ފަޅައިގެން ގޮސްފައިވާ ކަމަށެވެ. އަދި އޭނާ އެވަގުތު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާން ދޭން ފަށާފައިވާކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު 11:00 ހާއިރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް