ސިޔާސީ ދައުވާތައް ވަގުތުން ހުއްޓާލައި، އިމްރާން ދޫކޮށްލުމަށް އެމްޑީޕީން ގޮވާލައިފި

ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ އަދާލަތު ޕާޓީގެ ރައީސް ސެއިހް އިމްރާންގެ މައްޗަށް ކުރަމުން އަންނަ ސިޔާސީ ދައުވާ ވަގުތުން ހުއްޓައިލުމަށާއި އިމްރާން ދޫކޮށްލުމަށް އެމްޑީޕީން ގ...

02 Jun 2015 | 06:45

ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ އަދާލަތު ޕާޓީގެ ރައީސް ސެއިހް އިމްރާންގެ މައްޗަށް ކުރަމުން އަންނަ ސިޔާސީ ދައުވާ ވަގުތުން ހުއްޓައިލުމަށާއި އިމްރާން ދޫކޮށްލުމަށް އެމްޑީޕީން ގޮވާލައިފި އެވެ.

އިދިކޮޅު ސިޔާސީ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން މިކަމަށް ގޮވާލީ ރޭ އެޕާޓީން ނެރުނު ނޫސްބަޔާނެއްގަ އެވެ. އެ ބަޔާނުގައި އެމްޑީޕީން ބުނެފައި ވަނީ ޝެއިހް އިމްރާން އަބްދުﷲގެ މައްޗަށް ސަރުކާރުން މިހާރު ކުރަމުން އެ ގެންދަނީ ސިޔާސީ ދައުވާއެއްކަމާއި ވަގުތުން ސިޔާސީ ދައުވާތައް ހުއްޓާލައި ސިޔާސީ ކުއްވެރިން ދޫކޮށްލުމަށް އެމްޑީޕީން ގޮވާލާ ކަމަށެވެ.

އިމްރާން ހައްޔަރުކޮށްފައި ވަނީ އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކާ ގުޅިގެންނެވެ.  އަމުރުގައިވާ ގޮތުން މިރޭ 20:00 އަށް އިމްރާން ކޯޓަށް ހާޒިރުކުރަން ޖެހެ އެވެ.

ޤައުމީ ހަރަކާތުގެ ފަރާތުން މޭމަހުގެ އެއް ވަނަ ދުވަހު ބޭއްވި މުޒާހަރާއާ ގުޅިގެން، އިމްރާނާއި އަމީނާއި ސޮބާހްގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވެސް ބަންދުކޮށް ތަހުގީގު ހިންގުމަށް ފަހު، އެ ހަތަރު ބޭފުޅުންގެ މައްޗަށް ދައުވާކޮށް ދިނުމަށް ވެސް ފުލުހުން ވަނީ ޕީޖީގައި އެދިފަވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް