ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަނބަލުން ޔާސްމީން މުޙައްމަދު މުޢިއްޒުގެ އިންސްޓަގްރާމް ޕޯސްޓެއް ކަމަށްބުނެ ދައުރުކުރާ ސްކްރީންޝޮޓަކީ އަސްލެއް ނޫންކަމުގައި އެ ޢާއިލާގެ ޤާނޫނީ ވަކީލު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
ކުރީގެ ބަންޑާރަ ނައިބު އަދި ރައީސުލްޖުމްހޫރިއްޔާގެ ޢާއިލާގެ ޤާނޫނީ ވަކީލު އާޒިމާ ޝަކޫރު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި އާޒިމާ ވިދާޅުވެފައިވަނީ ރެއިން ފެށިގެން ދައުރުކުރާ އެ ސްކްރީންޝޮޓްގައި އަސްލެއް ނެތް ކަމަށެވެ.
އެ ސްކްރީންޝޮޓް ދައުރުކުރުން ހުއްޓާލުމަށް ޢާއިލާއިން އެދޭކަމުގައިވެސް އާޒިމާގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް