އެމް-ފައިސާ މެދުވެރިކޮށް މުޅިން ހިލޭ ދުނިޔޭގެ ކޮންމެ ގައުމަކަށްވެސް ފައިސާ ފޮނުވޭ ޕްރޮމޯޝަންއެއް

އެމް-ފައިސާ އާއި މަނީގްރާމް ގުޅިގެން ދުނިޔޭގެ ކޮންމެ ގައުމަކަށްވެސް އިތުރު ފީ އަކާ ނުލާ ފައިސާ ފޮނުވޭ ހާއްސަ އޮފާއެއް ތައާރަފްކޮށްފިއެވެ.  ކަސްޓަމަރުންނަށް މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖުލައ...

02 May 2025 | 11:45

އެމް-ފައިސާ އާއި މަނީގްރާމް ގުޅިގެން ދުނިޔޭގެ ކޮންމެ ގައުމަކަށްވެސް އިތުރު ފީ އަކާ ނުލާ ފައިސާ ފޮނުވޭ ހާއްސަ އޮފާއެއް ތައާރަފްކޮށްފިއެވެ.  ކަސްޓަމަރުންނަށް މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މި އޮފަރ ގެ ދަށުން އިތުރު ޗާޖަކާ ނުލައި 200 އަށް ވުރެ ގިނަ ގައުމަށް ފައިސާ ފޮނުވޭނެ އެވެ.

ބޭރުގައުމުތަކުގައި ތިބި އާއިލާ އާއި ރައްޓެހިންނަށް އެހީ ފޯރުކޮށްދިނުމަށް ވިޔަށް ނުވަތަ ބިސްނަސް ޕާރޓްނަރުންނަށް ފުވަން ޖެހޭ ފައިސާ ކަމުގައި ވިޔަސް އިތުބާރާއި އެކު ކޮންމެ ތާކު ކޮންމެ ވަގުތެއްގައިވެސް ފަސޭހަކަމާއެކު އެމް-ފައިސާ މެދުވެރިކޮށް ފައިސާ ފޮނުވޭނެއެވެ. ޖުލައި މަހުގެ ނިޔަލަށް ކުރިއަށް ދާ މި ޕްރޮމޯޝަންގެ ސަބަބުން އެމް-ފައިސާ ބޭނުންކުރައްވާ ފަރާތްތަކަށް ރާއްޖެއިން ބޭރުގައި ތިއްބަވާ ފަރާތްތަކަށް ހައްދަވަންޖެހޭ ޕޭމަންޓްތައް ހެދުން ފަސޭހަވެ އަގުހެޔޮ ވެގެންދާނެއެވެ.

އެމް-ފައިސާ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާނީ ކިހިނެއް؟

ކޭޝް-އިން: އެންމެ ކައިރީގައި ހުންނަ އެމް-ފައިސާ އެޖެންޓަށް ޒިޔާރަތްކޮށް ޑޮލަރުން ފައިސާ ޖަމާކުރާށެވެ.

ޓްރާންސްފާ: އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާ ގެ ހިދުމަތް ހިޔާރުކުރައްވާށެވެ. އަދި "SEND MONEY" ހިޔާރުކުރައްވާ ފައިސާ ގެ އަދަދު ޖެއްސެވުމަށްފަހު ޕޭއައުޓް މެތަޑް ޚިޔާރުކުރާށެވެ.

ޓްރެކް ކުރުން: އެޕް މެދުވެރިކޮށް ޓްރާންސެކްޝަން ސްޓޭޓަސް ފަސޭހައިން މޮނިޓާ ކުރުވޭނެއެވެ.

ދުވާލަކު ޓްރާންސްފާ ކުރެވޭ އަދަދު:

  • ގޯލްޑް ވޮލެޓް: ދުވާލަކު 10،000 ޑޮލަރާ ހަމައަށް (ގިނަވެގެން 5 ޓްރާންސެކްޝަން)
  • ސިލްވާ ވޮލެޓް: ދުވާލަކު 3،000 ޑޮލަރާ ހަމައަށް (ގިނަވެގެން 10 ޓްރާންސެކްޝަން)

އެމް-ފައިސާ ގެ އިންޓަނޭޝަނަލް މަނީ ޓްރާންސްފަރ ހިދުމަތަކީ ބައިނަލްއަގުވާމީ ފެންވަރުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފައިސާ ފޮނުވުމުގެ ހިދުމަތް ދޭ މަނީގްރާމް އާއި ގުޅިގެން ދެވޭ ހިދުމަތެކެވެ. މި ޕާޓްނަރޝިޕާއެކު ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުށް، ދުނިޔޭގެ އެކި ހިސާބުތަކަށް ފަސޭހަ ކަމާއެކު ފައިސާ ފޮނުވުމުގެ މަގު މިވަނީ ފަހިވެފައެވެ. އަދި މިއަދު މި ތައާރަފް ކުރެވުނު އޮފަރ އާއި ރާއްޖެއިން ބޭރަށް އަގުހެޔޮކޮށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް