އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މެޑިކަލް އޮފިސަރުގެ މަގާމު ފުރުއްވި ޑރ. އައިމިނަތު ރަމްޝާ ނިޔާވެއްޖެއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ޑރ. ރަމްޝާ ނިޔާވީ ކެންސަރަށް ފަރުވާ ހޯދަމުން ގެންދަނިކޮށެވެ.
ޑރ. ރަމްޝާއަށް ކެންސަރު ޖެހުނުކަން އެނގުނީ އައިޖީއެމް ހޮސްޕިޓަލުގެ އިމަޖެންސީ ރެސްޕޯންސް ޑިޕާޓްމަންޓްގައި މަސައްކަތް ކުރުމަށްފަހު 2020 ވަނަ އަހަރު ކިޔަވަންގޮސް ބެންކޮކްގައި ހުއްޓައެވެ. ކެންސަރު ޖެހުނު ނަމަވެސް ރަމްޝާ އޭނާގެ ކިޔެވުން ފުރިހަމަ ކުރިއެވެ.
ޑރ. ރަމްޝާ އަކީ ކޮވިޑު ދުވަސްވަރު ސިއްހީ މައުލޫމާތު ފެތުރުމުގައި ވަރަށް މުހިއްމު ރޯލެއް އަދާކުރި ފަރާތެކެވެ. އަދި ކެންސަރ ސޮސައިޓީ އޮފް ދަ މޯލްޑިވްސްގެ ބޯޑު މެންބަރެއްވެސް މެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް