ހަފްތާ ބަންދުގައި މުޅި ރާއްޖެއަށްވެސް އޮތީ ކެރި

ހަފްތާ ބަންދު މޫސުމަށް ބަލައިލާއިރު މައިގަނޑުގޮތެއްގައި މުޅި ރާއްޖެއަށްވެސް އޮތީ ކެރި ކަމުގައި މެޓުން ބުނެފިއެވެ. މެޓުން މިހެން ބުނެފައިވަނީ ހަފްތާ ބަންދަށް ނިމުތުކޮށް އާއްމުކުރި މޫސުމީ ބުލެޓިންގައެވެ...

02 May 2024 | 12:33

ހަފްތާ ބަންދު މޫސުމަށް ބަލައިލާއިރު މައިގަނޑުގޮތެއްގައި މުޅި ރާއްޖެއަށްވެސް އޮތީ ކެރި ކަމުގައި މެޓުން ބުނެފިއެވެ.

މެޓުން މިހެން ބުނެފައިވަނީ ހަފްތާ ބަންދަށް ނިމުތުކޮށް އާއްމުކުރި މޫސުމީ ބުލެޓިންގައެވެ.

މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި ހުކުރު ދުވަހު އުތުރާއި މެދުރާއްޖެއާއި ދެކުނަށްވެސް ކެރީގެ އަސަރު ފޯރާނެއެވެ.

ހޮނިހިރު ދުވަހު އުތުރާއި މެދުރާއްޖެއަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ބުނެފައިވާއިރު ހޮނިހިރު ދުވަހު ދެކުނުގެ ބައެއް އަތޮޅުތަކަށް ވިއްސާރަވާނެ ކަމުގައިވެސް މެޓުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް