މ. ދިއްގަރުން ލޯންޗެއް ވަގަށް ނަގައި އެ ލޯންޗުގައި މާލެ ދަތުރުކުރި އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖާ އާއިލާއާއި ހަވާލުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން އިއްޔެ ބުނެފައިވާގޮތުގައި މ. ދިއްގަރުން ލޯންޗެއް ގެއްލިގެން އިއްޔެގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކުރިއެވެ. އަދި އެ ލޯންޗު ހުޅުމާލެ އެމްޓީސީސީ ފެރީ ޓާމިނަލުކައިރި ފަޅުގައި އޮއްވާ ފަހުން ފެނުނެވެ.
މިއަދު ފުލުހުން ބުނެފައިވަނީ ލޯންޗުގައި މާލެ އައިސްފައިވަނީ 14 އަހަރުގެ ފިރިހެން ކުއްޖެއް ކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާކަމަށާއި އެ ކުއްޖާ މިހާރު އާއިލާއާއި ހަވާލުކޮށްފައިވާކަމަށެވެ.
އޭގެ އިތުރުން ހުޅުމާލެ ފޭސް 2 އިން 13 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން އިއްޔެ ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށާއި ކުއްޖާ މިހާރު ފެނިފައިވާއިރު އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ދިއްގަރު ފަޅުން ލޯންޗެއް ވަގަށް ނަގައިގެން ފިރިހެން ކުއްޖާ މާލެ އައީ އަންހެން ކުއްޖާއާއި ބައްދަލުކުރަން ކަމަށްވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް