12 އަހަރުގެ ކުޑަ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި 61 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި

ދެކުނުގެ ރަށެއްގައި 12 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ތުހުމަތުގައި އުމުރުން 61 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ. މިދިޔަ އަންގާރަ ދުވަހު ފުލުހުން ބުނެފައިވަނ...

02 May 2024 | 06:26

ދެކުނުގެ ރަށެއްގައި 12 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ތުހުމަތުގައި އުމުރުން 61 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މިދިޔަ އަންގާރަ ދުވަހު ފުލުހުން ބުނެފައިވަނީ ދެކުނު ޕޮލިސް ރީޖަނުގައި ހިމެނޭ (ގއ. ގދ. ޏ އަދި ސ) ގައި ހިމެނޭ ރަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ އާދީއްތަ ދުވަހު ފުލުހުންނަށް ހުށަހެޅި ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މިއަދު ފުލުހުން ބުނެފައިވާގޮތުގައި އެ މައްސަލައާއި ގުޅިގެން 61 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާއިރު ތަހުގީގު މަރުހަލާ ނިމެންދެން ބަންދަށް ކޯޓުން މުއްދަތު ދީފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް