ޕާކިސްތާނުގެ ފެޑެރަލް ސަރުކާރުގެ ހިލޭ ފުށް ބެހުމުގެ ސްކީމުން 20 ބިލިއަން ރުފިޔާގެ ޚިޔާނާތްތެރިވެފައިވާ ކަމަށް ކުރީގެ ބޮޑުވަޒީރު އަދި ޕާކިސްތާން މުސްލިމް ލީގު-ނަވާޒް (ޕީއެމްއެލް-އެން)ގެ އިސް ލީޑަރު ޝާހިދު ޚަކާން އައްބާސީ ވަނީ ތުހުމަތުކޮށްފައެވެ.
އޭނާ މިގޮތަށް ތުހުމަތު ކުރެއްވީ ލާހޯރުގައި ކުރިއަށް ދިޔަ ހަރަކާތެއްގައި ވާހަކަ ދައކްވަމުންނެވެ.
މިގޮތުން ދެއްކެވި ވާހަކައިގައި އައްބާސީ ވަނީ ޕާކިސްތާނުގެ ސިސްޓަމް ވަރަށް ބޮޑަށް ކޮރަޕްޓްވެ، އައުޓްޑޭޓްވެފައި ވާކަމަށްވެސް ވިދާޅުވެފައެވެ. އަދި ކުރިން ސަރުކާރުގައި އުޅޭ ކޮރަޕްޓް މީހުން ދެނެގަނެވި، އެފަދަ މީހުންނާމެދު ފިޔަވަޅު އެޅުނުނަމަވެސް މިއަދު މިކަން ކުރުމަށް ތެދުވެރި އޮފިސަރުން ބޭނުންވާ ކަމަށެވެ.
އެ ރަސްމިއްޔާތުގައި އައްބާސީ ވަނީ ބަރަކާތްތެރި ރަމަޟާން މަހު ފަގީރުންނަށް ހިލޭ ފުށް ފޯރުކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ 84 ބިލިއަން ރުޕީސްގެ ސަބްސިޑީން ފަގީރުންނަށް ލިބެނީ ކޮން އެއްޗެއްތޯ ސުވާލު ކުރައްވާފައެވެ. އަނެއްކޮޅުން އައްބާސީގެ ތުހުމަތުތަކަށް ރައްދުދީ ސެންޓަރާއި ޕަންޖާބުގެ ކެއާޓޭކަރ ސަރުކާރުން ވަނީ އޭނާގެ ވާހަކަތައް ދެކޮޅު ހަދާފައި ކަމަށް ޖިއޯ ނިއުސް އިން ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް