ބަންގާޅު ކަނޑުގައި ތޫފާނީ ސެޓަޕެއް

ބަންގާޅު ކަނޑުގައި ތޫފާނީ ސެޓަޕެއް އުފެދޭނެކަމުގައި ނިމުތުކޮށްފިއެވެ. އެގޮތުން ސަރަހައްދީ މޫސުމާއިބެހޭ އިދާރާއިން ލަފާކުރަނީ މި މަހުގެ ހައެއް، ވާ ހޮނިހިރު ދުވަހު ބަންގާޅުކަނޑުގައި ތޫފާނީ ސެޓަޕެއް އުފެ...

02 May 2023 | 16:48

ބަންގާޅު ކަނޑުގައި ތޫފާނީ ސެޓަޕެއް އުފެދޭނެކަމުގައި ނިމުތުކޮށްފިއެވެ.

އެގޮތުން ސަރަހައްދީ މޫސުމާއިބެހޭ އިދާރާއިން ލަފާކުރަނީ މި މަހުގެ ހައެއް، ވާ ހޮނިހިރު ދުވަހު ބަންގާޅުކަނޑުގައި ތޫފާނީ ސެޓަޕެއް އުފެދޭނެ ކަމަށެވެ. އަދި އަށެއްވާ ހޯމަ ދުވަހު ތޫފާނެއް އުފެދުމުގެ ފުރުސަތު އޮވެދާނެ ކަމަށެވެ.

މި ތޫފާނީ ސެޓަޕްގެ ބާރުގައި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ބަންގާޅު ކަނޑުގައި ލޯ ޕްރެޝަރެއް އުފެދޭނެކަމުގައިވެސް ލަފާކޮށްފައިވެއެވެ.

ތޫފާނީ ސެޓަޕެއް އުފެދިދާނެކަމަށް އިންޑިއާގައި ގާއިމްކޮށްފައި ހުންނަ ސަރަހައްދީ މޫސުމީ އިދާރާއިން އަންދާޒާކޮށްފައިވާއިރު ބަންގާޅު ކަނޑަކީ އިންޑިއާ މިޔަންމާ ފަޅީގެ މައި ކަނޑެވެ. މި ސަރަހައްދުގައި އުފެދޭ ތޫފާނުތަކުގެ އަސަރު ނުސީދާގޮތެއްގައި އަބަދުވެސް ރާއްޖެއަށް ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް