މުދަލު ޒަކާތުގެ ނިސާބު އަނެއްކާވެސް ބޮޑު ވެއްޖެ

މުދަލު ޒަކާތުގެ ނިސާބު އަނެއްކާވެސް ބޮޑު ވެއްޖެއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އެ މިނިސްޓްރީން އަމަލު ކުރަމުން އަންނަ އުސޫލުގެ ދަށުން މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މުދަލު ޒަކާތުގެ ނިސާބަށް ބަދަ...

02 May 2023 | 13:45

މުދަލު ޒަކާތުގެ ނިސާބު އަނެއްކާވެސް ބޮޑު ވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ މިނިސްޓްރީން އަމަލު ކުރަމުން އަންނަ އުސޫލުގެ ދަށުން މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މުދަލު ޒަކާތުގެ ނިސާބަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެ ބަދަލާއި އެކު މިހާރު މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 7،312.55 ރުފިޔާ ކަމަށް ބުންޏެވެ.

ނިސާބު ހަމަވާ ވަރަށް އަތުގައި ފައިސާ ހުރެ، ހިޖުރީ ގޮތުން އަހަރެއް ވުމުން އޭގެ 40 ބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ނެރުން، އިސްލާމް ދީނުގައި ވާޖިބެކެވެ.

ނިސާބަށް ބަދަލު ގެންނަނީ ދުނިޔޭގެ ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެންނެވެ.

އަދި މުދަލު ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައެޅުމުގައި ފައިސާ ރިހިން އަގުކުރުމަކީ ރާއްޖެ ފަދަ ކުދި ގައުމުތަކުގައި ފަގީރުންނަށް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި އިލްމުވެރިން ވިދާޅުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް