ކެރެލާއިން ގެނައި ރުއްތައް 11 ރަށަކަށް ބަހަން ނިންމައިފި

އިންޑިއާގެ ކެރެލާއިން ރާއްޖެ ގެނައި ރުއްތައް 11 ރަށަކަށް ބަހަން އެގްރިކަލްޗާ މިނިސްޓްރީން ނިންމައިފި އެވެ. އެ މިނިސްޓްރީން ވަނީ5،000 ރުއް ރާއްޖެ އެތެރެ ކޮށްފައި އެވެ. މި ރުއްތަކަކީ ރާއްޖޭގެ ރުއްތަކަށް...

02 May 2023 | 10:35

އިންޑިއާގެ ކެރެލާއިން ރާއްޖެ ގެނައި ރުއްތައް 11 ރަށަކަށް ބަހަން އެގްރިކަލްޗާ މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން ވަނީ5،000 ރުއް ރާއްޖެ އެތެރެ ކޮށްފައި އެވެ. މި ރުއްތަކަކީ ރާއްޖޭގެ ރުއްތަކަށް ނުރައްކާތެރި ބައްޔެއް ޖެހި، ކާށި ލިބުން ދަތިވާތީ އެކަމަށް ހައްލެއް ހޯދަން ގެނައި ރުއްތަކެކެވެ.

އެގްރިކަލްޗާއިން ބުނީ އެކި ބުރުބުރަށް ބަލާއިން ގެންނަން ނިންމާފައިވާ މި ރުއްތަކުގެ ފުރަތަމަ ބުރުގައި ގެނައި ރުއްތަށް އަންނަ ހަފްތާގައި ކަނޑައަޅާފައިވާ ރަށްތަކަށް ފޮނުވަން ފަށާނެ ކަމަށެވެ. ރުއްތަށް ދޭން ރަށްތައް ކަނޑައެޅީ އެ ރަށްތަކުގެ ބޮޑު މިނަށް ބަލައިގެންނެވެ.

ރުއްތަށް ފޮނުވަން ނިންމާފައިވާ ރަށްތަކަކީ:

ހއ. އުތީމު

ހދ ނޭކުރެންދޫ، ވައިކަރަދޫ،

ނ. ވެލިދޫ، މަނަދޫ، ކެނދިކުޅުދޫ

ރ. ފައިނު، ހުޅުދުއްފާރު

އއ. ތޮއްޑޫ

އދ. ދަނގެތި

މ. މުލީ

ރާއްޖޭގެ ރުއްތަކަށް ޖެހުނު ބަލި ދެނެގަނެ ބޭހެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެގްރިކަލްޗާއިން ބުނެފައިވެ އެވެ. "ކަޅުކޫޑި ބަލި" ނަމުން ނަން ދެވިފައިވާ މި ބަލި އެންމެ ބޮޑަށް ފެތުރެމުން ދަނީ އުތުރުގެ އަތޮޅުތަކުގެ ރަށްތަކުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް