ކޯވިޑް އަދަދުތަށް މިދިޔަ ހަފްތާގައިވެސް 190 އަށްވުރެ މަތީގައި

ކޯވިޑް-19 މިދިޔަ ހަފްތާގައިވެސް 190 އަށްވުރެ ގިނަ މީހުންނަށް ޖެހިއްޖެ އެވެ. އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ މަހުގެ 23-29 އަށް ރާއްޖެއިން 194 މީހުންނަށް ބަލި ޖެހިފައިވެ އެވެ. މިއީ އޭގެ ކުރ...

02 May 2023 | 10:17

ކޯވިޑް-19 މިދިޔަ ހަފްތާގައިވެސް 190 އަށްވުރެ ގިނަ މީހުންނަށް ޖެހިއްޖެ އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ މަހުގެ 23-29 އަށް ރާއްޖެއިން 194 މީހުންނަށް ބަލި ޖެހިފައިވެ އެވެ. މިއީ އޭގެ ކުރީ ހަފްތާ އާއި އަޅާ ބަލާއިރު ހަ މީހުން މަދު އަދަދެކެވެ.

މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ބަލި ޖެހުނީ 105 މީހުންނަށެވެ.އަތޮޅު ތެރެއިން 47 މީހުންނަށް ކޯވިޑް ޖެހުނު އިރު ރިސޯޓުތަކާއި ސިނާއީ ރަށްތައް ހިމެނޭހެން އެހެނިހެން ރަށްތަކުން42 މީހުންނަށް ބަލި ޖެހުނެވެ.

ހޮސްޕިޓަލްގައި ކޯވިޑަށް ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ ކުރީ ހަފްތާއަށްވުރެ މިދިޔަ ހަފްތާގައި އިތުރުވެފައިވެ އެވެ. މިދިޔަ ހަފްތާގައި 38 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދިން އިރު އޭގެ ކުރީ ހަފްތާގައި އެޑްމިޓްމިޓް ކޮށްފައި ތިބީ 35 މީހުންނެވެ.

މިދިޔަ ހަފްތާގައި މި ބަލީގައި މީހަކު މަރުވެފައެއް ނުވެ އެވެ. ނަމަވެސް އޭގެ ކުރީ ހަފްތާގައި ދެ މީހުން ކޯވިޑް ޖެހިގެން ފަރުވާ ދެމުން ދަނިކޮށް މަރުވި އެވެ.

ތަފާސް ހިސާބު ދައްކާގޮތުން މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހިފައިވަނީ 186،435 މީހުންނަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް