"ޝިޕް ހުރަވީ" ގެ ބަދަލުގައި އިންޑިއާއިން ދިން މަނަވަރު ހަވާލުކޮށްފި

"ޝިޕް ހުރަވީ" ގެ ބަދަލުގައި އިންޑިއާއިން ދިން މަނަވަރު ރާއްޖެ އާއި ރަސްމީކޮށް ހަވާލުކޮށްފި އެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހުޅުމާލޭގައި އެވެ. މި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ...

02 May 2023 | 08:00

"ޝިޕް ހުރަވީ" ގެ ބަދަލުގައި އިންޑިއާއިން ދިން މަނަވަރު ރާއްޖެ އާއި ރަސްމީކޮށް ހަވާލުކޮށްފި އެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު ހުޅުމާލޭގައި އެވެ. މި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންނެވި އެވެ.

މި މަނަވަރާއި ރަސްމީކޮށް ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއެވެ. އެ އުޅަނދު ރަސްމީކޮށް ހަވާލުކޮށްދެއްވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނާތު ސިންހް އެވެ.

އެމްއެންޑީއެފުން ބުނީ އިންޑިޔާއިން މިފަހަރު ހަދިޔާކުރި އުޅަނދަކީ ހުރަވީއަށް ވުރެ ބޮޑު އަދި އޮޕަރޭޝަނަލް ގާބިލުކަން އިތުރު، ފަހުގެ އުޅަނދެއް ކަމަށެވެ. މި އުޅަނދު އެމްއެންޑީއެފަށް ހަދިޔާކުރުމާއެކު، ކޯސްޓްގާޑް ޝިޕް ހުރަވީ ވަނީ ޑީކޮމިޝަން ނުވަތަ ބޭނުންކުރުން ހުއްޓާލައިފަ އެވެ.

ހުރަވީ އަކީވެސް އިންޑިއާއިން ހަދިޔާ ކުރި އުޅަނދެކެވެ. އެއީ2006 ވަނަ އަހަރު އެވެ.

އޭގެ ފަހުން 2019 ގައި އިންޑިއާ އިން ވަނީ އަސްކަރީ އުޅަނދެއް ހަދިޔާކޮށްފަ އެވެ. އެ އުޅަނދަށް އެމްއެންޑީއެފުން ނަން ދީފައި ވަނީ ކޯސްޓްގާޑް "ކާމިޔާބު"ގެ ނަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް