މިއަހަރުވެސް އައިޓީއޭގެ ދަތުރުތައް ރާއްޖެއަށް ކުރުމަށް ނިންމައިފި

އިޓަލީގެ ޤައުމީ އެއާލައިން، އިޓަލިއާ ޓްރާންސްޕޯޓޯ އެއިރޯ އެއާވޭސް (އައިޓީއޭ އެއާވޭސް) ގެ ދަތުރުތައ މިއަހަރު ޑިސެމްބަރު މަހުވެސް ބާއްވާ ގޮތަށް ހަަމަޖައްސައިފި އެވެ. އެ އެއާލައިނަކީ ކޮންމެ އަހަރެއްގެ ފި...

02 May 2023 | 06:10

އިޓަލީގެ ޤައުމީ އެއާލައިން، އިޓަލިއާ ޓްރާންސްޕޯޓޯ އެއިރޯ އެއާވޭސް (އައިޓީއޭ އެއާވޭސް) ގެ ދަތުރުތައ މިއަހަރު ޑިސެމްބަރު މަހުވެސް ބާއްވާ ގޮތަށް ހަަމަޖައްސައިފި އެވެ.

އެ އެއާލައިނަކީ ކޮންމެ އަހަރެއްގެ ފިނި މޫސުމާއި ދިމާކޮށް ޑިސެމްބަރުން މާޗް މަހު ރާއްޖެއަށް ދަތުރު ކުރާ އެއާލައިނެކެވެ.

އައިޓީއޭއިން ބުނީ އިޓަލީއައި ރާއްޖެއާއި ދެމެދު ކުރާ މި ދަތުރުތައް ހަފްތާއަކު ދެ ދުވަހު އޮންނާނެ ކަމަށެވެ. މި ދަތުރުތަކުގައި ޓިކެޓް ބުކް ކުރުމުގެ ފުރުސަތުވެސް އެ އެއަރލައިނުން މިހާރު ވަނީ ހުޅުވާލާފައެވެ.

މި ދަތުރުތަށް ކުރަނީ އިޓަލީގެ އިޓަލީގެ ފިއުމިސީނޯ އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

މިދިޔަ އަހަރު ޑިސެމްބަރުގައި ފެށި ދަތުރުތައް ކޮށްފައިވަނީ އެ މަހުގެ16 ން މިއަހަރުގެ މާޗް25 އަށެވެ.

އިޓަލީއަކީ ރާއްޖެއަށް ހަތަރު ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް