ސިނަމާލެ ބްރިޖުމަތިން ކަނޑަށް ފުންމާލި މީހަކު ސަލާމަތް ކޮށްފި

ސިނަމާލެ ބްރިޖު މަތިން ފުންމާލި މީހަކު ސަލާމަތް ކޮށްފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހާދިސާގެ ރިޕޯޓު ކުރީ މިއަދު ހެނދުނު8:44 ގައި އެވެ. ބްރުޖިިމަތިން ކަނޑަށް ފުންމާލާފައިވަނީ 41 އަހަރުގެ ދ...

02 May 2023 | 04:49

ސިނަމާލެ ބްރިޖު މަތިން ފުންމާލި މީހަކު ސަލާމަތް ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހާދިސާގެ ރިޕޯޓު ކުރީ މިއަދު ހެނދުނު8:44 ގައި އެވެ.

ބްރުޖިިމަތިން ކަނޑަށް ފުންމާލާފައިވަނީ 41 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ސަލާމަތް ކުރީ އެ ސަރަހައްދުން ދަތުރު ކުރި ލޯންޗެކެވެ.

އެމީހާއަށް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗުގެ އެމަޖެންސީގައި އެވެ. މި ހާދިސާގައި އޭނާއަށް ލިބުނު އަނިޔާތަކެއް އަދި ނޭނގެ އެވެ.

ފުލުހުން ބުނީ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލަމުންދާ ކަމަށެވެ.

ބްރިޖުމަތިން ފުންމާލުމުގެ ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގަ އެވެ. އެންމެ ފަހުން ބްރިޖު މަތިން ކަނޑަށް ފުންމާލަން މަސައްކަތް ކުރީ ބިދޭސީ އެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް