ޗާގޮސް މައްސަލައިގާ ވަކި އިތުރު މޮޅެއް ލިބެން އޮތްކަމަށް ގަބޫލެއް ނުކުރެވޭ: ޑރ. ޝަހީދު

މޮރިޝަސް އާއި ރާއްޖެއާއި ދެމެދުގެ އިން ވަކި ކުރުމުގެ މައްސަލައިގާ ރާއްޖެއަށް ވަކި އިތުރު މޮޅު ގޮތްތަކެއް ލިބެން އޮތްކަމަށް ގަބޫލު ނުކުރެވޭކަމުގައި ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު ވިދާޅުވެ...

02 May 2023 | 04:29

މޮރިޝަސް އާއި ރާއްޖެއާއި ދެމެދުގެ އިން ވަކި ކުރުމުގެ މައްސަލައިގާ ރާއްޖެއަށް ވަކި އިތުރު މޮޅު ގޮތްތަކެއް ލިބެން އޮތްކަމަށް ގަބޫލު ނުކުރެވޭކަމުގައި ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީދު މިހެން ވިދާޅުވީ ޓީމް އެމްއާރްއެމްއިން އިއްޔެ ކޮށްފައިވާ ޓްވީޓަކަށް ދެއްވި ރައްދެއްގައެވެ.

އެމްއާރްއެމްއިން މީގެ ކުރިންވެސް 2022 ވަނަ އަހަރު ޗާގޮސް މައްސަލައިގާ ކަންބޮޑުވުން ފާޅުކުރިކަމަށް އެ ޕާޓީއާ ހަވާލާދީ ޓީމް އެމްއާރްއެމްއިން ބުނެފައިވާއިރު މިކަމާއި ގުޅިގެން ޑރ. ޝަހީދު ވިދާޅުވީ ދެފުއްފެންނަ ގޮތެއްގައި އަދި ޒިންމާދާރުގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުމަށް ގޮވާލުމަކީ ހަމަ 100ގެ ކަމެއް ކަމަށާއި އަދި އެކަންކަމަށް ބާރުވެސް އަޅަންޖެހޭނެ ކަމަށެވެ.

އެހެން ނަމަވެސް ޗާގޮސް މައްސަލައިގާ ރާއްޖެއަށް ލިބުނު ރަނގަޅު ނަތީޖާގެ އިތުރުން ވަކި މޮޅު ނަތީޖާއެއް ނެރުމަކީ ވުމަށްވުރެ ނުވުން ގާތްކަމެއް ކަމުގައި ޑރ. ޝަހީދު ވިދާޅުވެފައިވެއެވެ.

އިތުރަށް ޑރ. ޝަހީދު ވިދާޅުވެފައިވަނީ ބަންޑާރަ ނައިބާއި އެމަނިކުފާނުގެ ޓީމުން މި ކަމުގައި ކޮށްފައިވަނީ ވަރަށް ރަނގަޅު މަސައްކަތްތަކެއް ކަމަށެވެ. އަދި މިކަމުގައި ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުވެގެންދިޔައީ ރާއްޖޭގެ ވިސްނުން ބަދަލުކުރިކަން އާންމުންނަށް އެންގުން މާބޮޑަށް ލަސްވެގެންދިޔަ ދިޔުމުން ކަމަށާއި އެއީ ސަރުކާރުގެ ކޮމިއުނިކޭޝަން ޕޮލިސީގެ ފެއިލްވުމެއްކަމަށްވެސް ގަބޫލުކުރައްވާކަމުގައި ޑރ. ޝަހީދު ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް