ޢީދު ދުވަހު ޑިއުޓީއަށް ނިކުތް ހިދުމަތްތެރިންނަށް ދިރާގުން ޢީދު ބޯކިބާ

އުފާވެރި މި ފިޠުރު ޢީދު ދުވަހު ޑިއުޓީއަށް ނިކުތް ހިދުމަތްތެރިންނަށް ދިރާގުން ޢީދު ބޯކިބާ ހަދިޔާކޮށްފިއެވެ. ދިރާގުގެ މި ހަރަކާތާއި ގުޅޭގޮތުން ދިރާގުން ޢީދަށް ބޯކިބާ އެޅުމަކީ ދިވެހި ގޭބިސީތަކުގައި ޒަމާނ...

02 May 2022 | 12:52

އުފާވެރި މި ފިޠުރު ޢީދު ދުވަހު ޑިއުޓީއަށް ނިކުތް ހިދުމަތްތެރިންނަށް ދިރާގުން ޢީދު ބޯކިބާ ހަދިޔާކޮށްފިއެވެ.

ދިރާގުގެ މި ހަރަކާތާއި ގުޅޭގޮތުން ދިރާގުން ޢީދަށް ބޯކިބާ އެޅުމަކީ ދިވެހި ގޭބިސީތަކުގައި ޒަމާނުއްސުރެ އޮންނަ ރިވެތި އާދައެއް ކަމަށެވެ. އާއިލާ އެކުގައި ޢީދު ސަޔަށް އިންސާފުކުރުމުގައި ސުފުރާމަތި ފަޅުފިލުވައިދޭ ޢީދާ އެންމެ ގުޅޭ ހެދިކާއަކީ ޢީދު ބޯކިބާ ކަމަށެވެ. ނަމަވެސް ގިނަ ބަޔަކީ އާއިލާއާއި ދުރުގައި ވަކި ހާއްސަ ދުވަސްތަކެއް ބެލުމެއްނެތި ގައުމަށް ހިދުމަތް ކުރަމުން އަންނަ ބައެއް ކަމަށްވާއިރު ދިރާގުން ބޭނުންވީ އެފަދަ ފަރާތްތަކުގެ އަގުވަޒަންކޮށް ޢީދު ދުވަހު އެ ސަގާފަތް އެފަރާތްތަކާއި ހަމައަށް ގެންގޮސްދިނުން ކަމަށެވެެ.

ދިރާގުގެ މި ހަރަކާތުގައި ޢީދު ބޯކިބާ ބެހުމުގައި ހަރަކާތްތެރިވެފައިވަނީ ދިރާގުގެ މުވައްޒަފުންނެވެ.

ދިރާގުގެ މި ހަރަކާތުގައި މިއަދު ހެނދުނު ޑިއުޓީގައި އުޅުނު ސިއްހީ ހިދުމަތްތެރިންނާއި ސަލަމާތީ ބާރުތަކުގެ މުވައްޒަފުންނާއި އަސާސީ ހިދުމަތްތައް ކަމުގައިވާ ފެނާއި ކަރަންޓުގެ ހިދުމަތާއި މާލެ ތެރެ ސާފުކުރުމުގައި އުޅުނު މުވައްޒަފުންނާއި މީޑިއާގެ މުވައްޒަފުން ހިމެނޭހެން އެ މުއައްސަސާތަކަށް ޢީދު ބޯކިބާ ހަދިޔާކޮށްފައިވެއެވެ.

https://twitter.com/Dhiraagu/status/1521025045874634752

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް