ޑައިވިނަށް ފޭބި ދިވެއްސަކު ގެއްލިގެން ހޯދަނީ

ފުވައްމުލައް ސިޓީ ކައިރިން ޑައިވިނަށް ފޭބި ދިވެއްސަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފުން ބުނެފައިވަނީ ޏ. ފުވައްމުލައް ނެރުކައިރިއަށް ޑައިވިނަށް...

02 May 2022 | 11:24

ފުވައްމުލައް ސިޓީ ކައިރިން ޑައިވިނަށް ފޭބި ދިވެއްސަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފުން ބުނެފައިވަނީ ޏ. ފުވައްމުލައް ނެރުކައިރިއަށް ޑައިވިނަށް ފޭބި މީހެއްގެ ހަބަރެއް ނުވެގެން އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑުގެ ސްކޮޑްރަނުން ފަށާފައިވާކަމަށެވެ.

"ގެއްލިގެން ހޯދަމުންދނަީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެއް" ފުލުހުން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ ހަބަރެއް ނުވެގެން ހޯދަމުންދާ މީހާ ލައިގެންހުރީ ކަޅުކުލައިގެ ޑައިވިން ސޫޓެއްކަމަށް މައުލޫމާތު ލިބިފައިވާކަމަށާއި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ 03:45 ހާއިރު ކަމަށެވެ.

ތަފްސީލް އަންނަނީ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް