ރޯދަ ނިމުނަސް އޯގާތެރިވުމާ ހަމްދަރުދީވުމާ ދީލަތިވުންމަތީ ދެމިތިބުމަށް ޝާހިދު ގޮވާލައްވައިފި

ބަރަކާތްތެރި ރަމަޟާން މަސް ނިމުނުކަމުގައިވީނަމަވެސް، މީހުންނާމެދު އޯގާތެރިވެ، ޙަމްދަރުދީވެ އަދި ދީލަތިވުން މަތީ ދެމިތިބުމަށް އދ. ގެ އާއްމު މަޖިލީހުގެ ރައީސް ޝާހިދު ގޮވާލައްވައިފިއެވެ. އދގެ އާއްމު މަޖި...

02 May 2022 | 09:34

ބަރަކާތްތެރި ރަމަޟާން މަސް ނިމުނުކަމުގައިވީނަމަވެސް، މީހުންނާމެދު އޯގާތެރިވެ، ޙަމްދަރުދީވެ އަދި ދީލަތިވުން މަތީ ދެމިތިބުމަށް އދ. ގެ އާއްމު މަޖިލީހުގެ ރައީސް ޝާހިދު ގޮވާލައްވައިފިއެވެ.

އދގެ އާއްމު މަޖިލީހުގެ ރައީސް، އަދި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު (ނޢޢވ) މިހެން ވިދާޅުވެފައި ވަނީ މިއަދު ފާހަގަ ކުރަމުން މިދާ 1443 ވަނަ އަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި ދެއްވި ހާއްސަ މެސެޖްގައެވެ.

އެގޮތުން ޝާހިދު ވަނީ އެހީއަށް ބޭނުންވެފައިވާ މީހުންނަށް އެހީތެރިވުމުގައި ދެމިތިބުމަށް ގޮވާލައްވާފައެވެ.

ފިޠުރު ޢީދަކީ އުފާފާޅުކޮށް، އެކުވެރިކަން އާލާކުރުމަށް މުސްލިމް މުޖްތަމައަށް ލިބޭ ފުރުސަތަކަށްވީހިނދު، ދުނިޔެއަށް ކުރިމަތިވެފައިވާ ހަމަނުޖެހުންތަކާއި ފަޤީރުކަންފަދަ ކަންތައްތަކާމެދު ވިސްނާލުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

https://twitter.com/UN_PGA/status/1520939373449076736?s=20&t=v0TMVpDOIUSRkMzZc4oqkg

މީގެ އިތުރުން އިޙްސާންތެރިކަމާއި، އޯގާތެރިކަމާއި، ސުލްޙަފަދަ އިސްލާމީ ރިވެތި އުސޫލުތަކުގެ ތެރެއިން، މިމައްސަލަތަކަށް ހައްލު ހޯދުމަށް އެދިވަޑައިގަތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް