ކްލަބް އީގަލްސްގެ ފަރާތުން މާފަންނު އެންމެހާ ރައްޔިތުންނަށް މިއަދު ޢީދު ސައެއް ދީފިއެވެ.
މި ޢީދުސައި ކުރިއަށްގެންގޮސްފައިވަނީ މާފަންނު ޕޮލިސް ސްޓޭޝަން، ވެސްޓްޕާކް ކައިރީގައި އޮންނަ ކަސްރަތު ޕާކު ސަރަހައްދުގައެވެ.
ދުވަހަށް މައުލޫމާތުދެމުން އެ ކްލަބުން ހާމަކުރިގޮތުގައި ޢީދު ސައި ހަރަކާތަކީ އެ ކްލަބްގެ އިޖްތިމާއީ ހަރަކާތެއްގެ ގޮތުގައި ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށެވެ. މި ހަރަކާތް ކުރިއަށްގެންދިޔައީ މާފަންނު ޕޮލިހާއި ސިޓީ ކައުންސިލް އަދި ބައެއް ސްޕޮންސަރުންގެ އެހީތެރިކަމާއެކުގައި ކަމުގައިވެސް ކްލަބް އީގަލްސް އިން ހާމަކުރިއެވެ.
މިއަދު ޢީދު ސައި ކުރިއަށްގެންގޮސްފައިވާއިރު މިރޭ ހަމަ އެ ސަރަހައްދުގައި، އެސްޓީއޯ ހެޑް އޮފީސް ކައިރީގައި ހާއްސަ ޢީދު ޝޯއެއް ކުރިއަށްގެންދިއުމަށްެވެސް އެ ކަލްބުން އަންނަނީ ތައްޔާރީތައް ވަމުންނެވެ. އެ ޝޯގައި ޝަލަބީގެ އިތުރުން ފޯރިގަދަ އިތުރު ހަރަކާތްތަކެއް ފެނިގެންދާނެކަން އެ ކަލްބުން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް