ބޮޑު ޖަމާއަތުގައި ޢީދު ނަމާދުކޮށްފި

މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ޖަމާއަތުގައި މިއަދު ފިޠުރު ޢީދު ނަމާދުކޮށްފިއެވެ. މާލޭގައި ބޮޑު ޖަމާއަތުގައި ޢީދު ނަމާދުކޮށްފައިވަނީ މާފަންނު ސްޓޭޑިއަމް ސަރަހައްދުގައެވެ. އެ ސަރަހައްދުގައ...

02 May 2022 | 04:29

މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ޖަމާއަތުގައި މިއަދު ފިޠުރު ޢީދު ނަމާދުކޮށްފިއެވެ.

މާލޭގައި ބޮޑު ޖަމާއަތުގައި ޢީދު ނަމާދުކޮށްފައިވަނީ މާފަންނު ސްޓޭޑިއަމް ސަރަހައްދުގައެވެ. އެ ސަރަހައްދުގައި މިއަދު ހެނދުނު 07:30 ގައި އޮތް ޢީދު ނަމާދަށް ގިނަ އަދަދެއްގެ ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިން ގޮސްފައިވެއެވެ.

އެ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރިއަށްގެންގޮސްފައިވާއިރު މާލޭގެ 27 މިސްކިތެއްގައިވެސް ޢީދު ނަމާދު ޖަމާއަތުގައި ކުރިއަށްގެންގޮސްފައިވެއެވެ. މީގެ އިތުރުން މާލޭގެ ދެ އަވަށް ކަމުގައިވާ ހުޅުމާލޭގައްޔާއި ވިލިމާލޭގައިވެސް ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރިއަށްގެންގޮސްފައިވެއެވެ. އެގޮތުން ހުޅުމާލޭގައި ޢީދު ނަމާދު ކޮށްފައިވަނީ ހުޅުމާލޭ ސްޓޭޑިއަމް ސަރަހައްދުގައެވެ. ވިލާމާލޭގައި ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރިއަށްގެންގޮސްފައިވަނީ ވިލިމާލޭ ބޯޅަދަނޑު ސަރަހައްދުގައެވެ.

މާލޭގައި ބޮޑު ޖަމާއަތުގައި އިމާމުވެ ޢީދު ނަމާދު ކުރައްވާ ހުތުބާ ދެއްވީ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އަހްމަދު ސަމީރެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިފަހަރު ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް