އައުޓް ލިޔެ ޕީޕީއެމް އޮފީހުގައި ދެމި ބެނާވެސް ނަގައިފި

އިންޑިއާގެ ދިދަ ކުރަހައި، އިނގިރޭސިން ބޮޑު އަކުރުން އައުޓް ލިޔެ، އިދިކޮޅު ޕީޕީއެމް އޮފީސް ހިންގާ އިމާރާތުގައި އިއްޔެ ދެމި ބެނާވެސް ފުލުހުން ނަގައިފިއެވެ. މި ބެނާ ފުލުހުން ނަގާފައިވަނީ ރޭ ދަންވަރު ފުލު...

02 May 2022 | 01:06

އިންޑިއާގެ ދިދަ ކުރަހައި، އިނގިރޭސިން ބޮޑު އަކުރުން އައުޓް ލިޔެ، އިދިކޮޅު ޕީޕީއެމް އޮފީސް ހިންގާ އިމާރާތުގައި އިއްޔެ ދެމި ބެނާވެސް ފުލުހުން ނަގައިފިއެވެ.

މި ބެނާ ފުލުހުން ނަގާފައިވަނީ ރޭ ދަންވަރު ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައެވެ.

މި ބެނާ ފުލުހުން ނަގާފައިވާއިރު މީގެ ކުރިންވެސް މިފަދަ ބައެއް ބެނާ ފުލުހުން ނަގާފައިވެއެވެ. އެގޮތުން އެންމެ ފުރަތަމަ ނެގީ ބޮޑުކޮށް އިންޑިއާ އައުޓް ޖަހައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގެކޮޅުގައި ދެމި ބޮޑު ބެނާއެކެވެ.

އެ ބެނާ ނެގުމުން އިދިކޮޅުން ވަނި އިތުރު ބައެއް ސަރަހައްދުތަކުގައިވެސް މިފަދަ ބެނާ ދަމާފައެވެ. އިދިކޮޅުން ބުނަނީ އެއީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށާއި އެ ހަރަކާތް ނުހުއްޓުވޭނެ ކަމަށެވެ.

އިންޑިއާ އައުޓް ލިޔެ ދަމާ ބެނާތައް ފުލުހުން ނަގަމުންމިގެންދަނީ އިންޑިއާ އައުޓް މޫވްމަންޓް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރުން ބާރު ލިބިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް