ކޮވިޑު: އަނެއްކާވެސް ރެކޯޑު އަދަދެއް، މިއަދު ރާއްޖެއިން 508 މީހަކު ޕޮޒިޓިވް

މިއަދު އަނެއްކާވެސް ރާއްޖެއިން ރެކޯޑް އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. މިއަދު 508 މީހަކު ޕޮޒިޓިވް ވެފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ. އެޗްޕީއޭއިން ބުނެފައިވާގޮތުގައި މިއަދު 508 މީހަކު...

02 May 2021 | 18:09

މިއަދު އަނެއްކާވެސް ރާއްޖެއިން ރެކޯޑް އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. މިއަދު 508 މީހަކު ޕޮޒިޓިވް ވެފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނެފައިވާގޮތުގައި މިއަދު 508 މީހަކު ޕޮޒިޓިވް ވެފައިވާއިރު މާލެ ސަރަހައްދުން އެކަނި 276 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. އަދި އަތޮޅުތަކުން 185 މީހަކު ޕޮޒިޓިވް ވެފައިވާކަމަށާއި ރިސޯޓްތަކުން 12 އަދި ލިވަބޯޑުތަކުން ތިނެއް އަދި އިންޑަސްޓްރިއަލް ރިސޯޓްތަކުން 32 މީހަކު ޕޮޒިޓިވް ވެފައިވާކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

އަދަދުތަކަށް ބަލާލާއިރު އެކްޓިވް ކޭސްތަކުގެ އަދަދު 5594 އަށް މިވަނީ އަރާފައެވެ. އެޑްމިޓް ކޮށްގެން ފަރުވާދެމުން އަންނަ މީހުންގެ އަދަދުވެސް މިވަނީ 172 އަށް އަރާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް