ކ. މާފުށީގައި ކޯވިޑް-19ގެ ކޭސްތަކާއި ގުޅިގެން 100 އެއްހާ ތަން ކަރަންޓީން ކޮށްފި އެވެ.
މާފުށިން ކޯވިޑް-19 ގެ ކޭސްއެއް ފެނި މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. އެ ދުވަހު ޕޮސިޓިވްކަން އެނގިފައިވަނީ ބަލީގެ އަލާމާތްތަކާއި އެކު ފްލޫ ކްލިނިކަށް ދެއްކި މީހެކެވެ.
މާފުށީ ސިއްހީ މަރުކަޒުން ބުނީ މިއަދު މެންދުރުގެ ނިޔަލަށް އިތުރު 28 މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވާ ކަމަށެވެ. އަދި މިހާތަނަށް ޖުމްލަ 319 މީހުންނަށް ކޯވިޑް ޖެހިފައިވާ ކަމަށް ބުނެ އެވެ.
މި ކޭސްތަކާއި ގުޅިގެން އެ ރަށުގެ 95 ތަނެއް ކަރަންޓީން ކޮށްފައިވާ ކަމަށް ބުނެ އެވެ. އޭގެ ތެރޭގައި ގޭގެ އާއި ގޭގޭގެ ވަކިވަކި އެޕާޓްމެންޓާއި ކެފޭ، ރެސްޓޯރެންޓުތަކާއި ގެސްޓުހައުސްތަކުގެ އެކޮމޮޑޭޝަން ބްލޮކްތައް ހިމެނެ އެވެ.
ކޯވިޑް ކޭސްތަކާއި ގުޅިގެން މާފުށީގެ އިތުރުން 24 ރަށެއް އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް