ޗީފް އެގްޒެކެޓިވް ޓު ޕްރެޒިޑެންޓްގެ މަގާމުގައި ހުންނެވި ނަޒްރާ ނަސީމާއި ރައީސް އޮފީހުގެ އެންޓި ޓެރަރިޒަމް ކޮންސަލްޓަންޓްގެ މަގާމުގައި ހުންނެވި އައިޝަތު ނޫޝީން ވަހީދަށް މަގާމުގެ ކުރިއެރުން ދެއްވައިފިއެވެ.
ނަޒްރާއާއި ނޫޝީން އަށް ދެއްވާފައިވަނީ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގެ ދެ މަގާމެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ނޫޝީންއަށް ދެއްވާފައިވަނީ ރައީސް އޮފީހުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒާސް އޮފީހުގެ ސެކްރެޓަރީގެ މަގާމު ކަމަށާއި ނަޒްރާ ނަޝީމްގެ މަގާމަކީ ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަގާމަކަށް ބަދަލުކޮށްފައިވާކަމަށެވެ.
ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަގާމެއްގައި މުސާރައަށް 32000 ރުފިޔާ އަދި އެލަވެންސްގެ ގޮތުގައި 15000 ރުފިޔާއެކު ޖުމްލަ މަހަކު 47000 ރުފިޔާ ލިބޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް