އއ. މަތިވެރިން ކޮވިޑަށް އިތުރު ނުވަ މީހަކު ޕޮޒިޓިވް ވެ އެ ރަށުގެ އެކްޓިވް ކޭސްގެ އަދަދު 219 އަށް އަރައިފިއެވެ.
އެގޮތުން އެރަށުގެ ހެލްތު ސެންޓަރުން ބުނެފައިވާގޮތުގައި އެ ރަށުގެ ޖުމްލަ އަދަދު ވަނީ 232 އަށް އަރާފައެވެ. 13 މީހަކު ބަލިން ވަނީ ރަނގަޅުވެފައެވެ.
މަތިވެރިން 10 މީހަކު ޕޮޒިޓިވް ވެ އެ ރަށް މޮނީޓަރިން ހާލަތަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް