ހިމަންދޫއަށް އަރައި ފޭބުން މަނާކޮށްފި

އއ. ހިމަންދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ. ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، ހިމަންދޫ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ...

02 May 2021 | 14:40

އއ. ހިމަންދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، ހިމަންދޫ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. ހިމަންދޫ މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓު ޓްރޭސިން ހަދައި ނިމެންދެންނެވެ.

މޮނިޓަރިންގެ ހާލަތުގައި އޮންނަ މުއްދަތުގައި އެޗްޕީއޭގެ ހުއްދަނެތި އެ ރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.

ހިމަންދޫ މޮނިޓަރިންގެ ހާލަތަށް ގެނައީ ބަލީގެ އަލާމާތްތައް ހުރެގެން ކޯވިޑަށް ޓެސްޓު ކުރި މީހަކު ޕޮސިޓިވް ވެގެން ކަމަށް ވެ އެވެ.

އެޗްޕީއޭއިން ބުނީ ހިމަންދޫގައި ކޮންޓެކްޓު ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ހިމަންދޫގެ އިތުރުން މިއަދު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ކުޅުދުއްފުށީ ސިޓީ އާއިފ. ފީއަލީ އެވެ. މި ތިން ރަށާއި އެކު ކޯވިޑް ކޭސްތަކާއި ގުޅިގެން އަތޮޅު ތެރޭގެ 25 ރަށެއް މިވަގުތު އޮތީ މޮނިޓަރިންގެ ހާލަތަށް ގެނެސް ފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް