މާލެ ސަރަހައްދު ފިޔަވާ ރާއްޖޭގެ އެހެން ސަރަހައްދުތައް ރަށު ބަންދަށް

ކޮވިޑު ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވެއްގެ ގޮތުން މާލެ ސަރަހައްދު ފިޔަވާ އެހެން ހުރިހާ ސަރަހައްދެއްގައި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން ހުއްޓާލުމަށް އެޗްޕީއޭއިން އަންގައިފިއެވެ. ޑިރެކްޓަރ ޖެ...

02 May 2021 | 12:25

ކޮވިޑު ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވެއްގެ ގޮތުން މާލެ ސަރަހައްދު ފިޔަވާ އެހެން ހުރިހާ ސަރަހައްދެއްގައި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން ހުއްޓާލުމަށް އެޗްޕީއޭއިން އަންގައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ދެންމެ ނެރުނު އެންގުމެއްގައި ބުނެފައިވަނީ އަތޮޅުތަކުގެ ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި 4 މޭ އިން ފެށިގެން އެއް ހަފްތާގެ މުއްދަތަށް މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށަށް ދަތުރުކުރުމުގައި އަންނަނިވި ފިޔަވަޅުތައް އެޅުމަށް އަންގާ ކަމަށެވެ.

އެގޮތުން އަޅަން އަންގާފައިވާ ފިޔަވަޅުތަކަކީ ޒަރޫރީ ބޭނުންތަކަށާއި، ސިއްހީ ފަރުވާ ހޯދުމަށްޓަކައި މެނުވީ، މީހުން ދިރިއުޅޭ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމާއި މި ފިޔަވަޅު އަޅާ ހާއްސަ ހާލަތުގައި ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ޒަރޫރީތަކެތި ފޯރުކޮށްދިނުމަށް ކުރާ ދަތުރުތަކާއި މަސައްކަތްތަކަށް، ލޯކަލް ކައުންސިލްތަކުން މަގުފަހިކޮށްދިނުމެވެ.

ތަފްސީލްއަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް