ރަމަޟާންމަހުގެ ފަހު ދިހައަށް ކުރިމަތިލާއިރު މައްސަރުކަންތަކާއި ކުރިމަތިލާންޖެހިފައިވާ ނުވަތަ ޖެހޭނެ ކަނބަލުން ތިއްބަވާނެކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ. އެހެން ކަމުން މި ރަމަޞާންމަހުގެ ފަހު 10 ގައި މައްސަރުކަންތަށް ދިމާވާ އަންހެންވެރީން އެމީހުންނަށް ލައިލަތުލްޤަދުރުވިލޭރޭގެ މާތްކަން ނުލިބިދާނެތީ އެކަމާއި ކަންބޮޑުނުވާށެވެ. އެއީ ޒަމާނުންސުރެފެށިގެން އަޅުކަމަކީ ނަމާދުކުރުމާއި ރޯދަހިފުމާއި ޒަކާތްދިނުން އަދި ހައްޖުވުން ކަމަށް ހީވެފައި އޮންނާތީއެވެ.
އަޅުކަމަކީ ﷲ ކުރުމަށް އެންގެވި ކަންތަށް ކޮށްފައި ނުކުރުމަށް އެންގެވި ކަންތަކުން ދުރުހެލިވުމެވެ. އެހެންކަމުން ޙައިޞުވެރީންނަށް ﷲ އެންގެވީ ނަމާދު ކުރުމާއި ރޯދަހިފުމުން ތިޔަބައި މީހުން ޙައިޞުގެ ދުވަސްވަރު ދުރުހެލިވާށެވެ. ﷲ ގެ މިއެންގެވި އެންގެވުމާއި އެއްގޮތަށް ނަމާދު ކުރުމާއި ރޯދަހިފުމުން ދުރުހެލިވެ ހުރުމަކީ އެމީހުން ކުރާ އަޅުކަމެކެވެ. ކީރިތި ރަސޫލާގެ އަނބިކަބަލުން އާއިޝާ (ރ.އ) ލައިލަތުލް ޤަދުރު ވިލޭރޭ ކިޔާނެ ދުޢާއެއް ދަސްކޮށްދެއްވުމަށް ރަސޫލާގެ އަރިހުގައި އެދުނުހިނދު، "اَللَّهُمَّ إِنَّكَ عَفُوُّ تُحِبُّ الْعَفْوَ فَاعْفُ عَنِّيْ". މާނައީ "ހައްދަވާ ގެންގުޅުއްވާ އިލާހެވެ. ހަމަކަށަވަރުން އިބައިލާހީ ޢަފޫކުރެއްވުމަށް ލޯބިކުރައްވާ ޢަފޫވަންތަ އިލާހެވެ. މިއަޅާގެ ކުށްފާފަތައް މާފްކޮށްދެއްވާފާންދޭވެ". މިދުޢާ އެރޭކިޔުމަށް އެންގެވިއެވެ.
އެހެންކަމުން މިދުޢާ ހަޢިޞުވެރީންކުރުމުން، ލައިލަތުލް ޤަދުރު ވިލޭރޭގެ ބަރަކާތާއި ޘަވާބާއި ދަރުމަ އެކަބަލުންނަށް ލިބިގެންދާނެއެވެ. އަދި މީގެ އިތުރުން ފަޤީރުންނާއި މިސްކީނުންނަށް އެހީވުމާއި މައިން ބަފައިންނަށް ހެޔޮކޮށް ހިތުމާއި، ހިނުތުންވުމަކީވެސް އަޅުކަމެވެ. އެރޭގެ ޘަވާބާއި ދަރުމައަށް އެދިގެން ކުރާ ކޮންމެ ހެޔޮކަމަކަށްވެސް ދަރުމައާއި ޘަވާބުދެއްވާނެއެވެ.
ލައިލަތުލް ޤަދުރި ވިލޭރެއަކީ ކޮންރެއެއްކަން އެނގޭ އިންސިޔަކުވެސް އަދި ޖިންނިއަކުވެސް ނުވެއެވެ. އެހެންކަމުން ރަމަޟާންމަހުގެ ކޮންމެރެއެއްގައިވެސް ވަކިން ޚާއްސަކޮށް ފަހުދިހައިގެ އޮނަހިރި ރޭތަކުގައި އަޅުކަންކޮށް ދުޢާ ކޮށްގެން މެނުއީ އެރޭގެ މާތްކަން ލިބިނުގަނެވޭނެއެވެ. އެހެން ކަމުން ފަހު ދިހައިގެ ރޭތަކުގައި ގިނަގިނައިން އަޅުކަންކޮށް ދުޢާކުރުންމަތީ ދެމިހުންނާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް