މާންދޫ ކްލަސްޓާ: ގަމާއި މާންދޫ އިތުރު ހަތް މީހަކު ޕޮޒިޓިވް

ލ. މާންދޫން ފެނި އަތޮޅުގެ އިތުރު ފަސް ރަށަކަށް ފެތުރިފައިވާ ކޮވިޑު ކްލަސްޓާގައި ގަމާއި މާންދޫން އިތުރު ހަތް މީހަކު ޕޮޒިޓިވް ވެއްޖެއެވެ. ގަމު ކައުންސިލުން ކުރިއަށްގެންދިޔަ ފޭސްބުކް ލައިވްގައި ގަމު ރީޖަ...

02 May 2021 | 11:42

ލ. މާންދޫން ފެނި އަތޮޅުގެ އިތުރު ފަސް ރަށަކަށް ފެތުރިފައިވާ ކޮވިޑު ކްލަސްޓާގައި ގަމާއި މާންދޫން އިތުރު ހަތް މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ގަމު ކައުންސިލުން ކުރިއަށްގެންދިޔަ ފޭސްބުކް ލައިވްގައި ގަމު ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ އަލީ ނަޝީދު ވިދާޅުވީ މިއަދު 21 ސާމްޕަލެއްގެ ނަތީޖާ ލިބުނު އިރު އޭގެން ހަތް ސާމްޕަލް ޕޮޒިޓިވް ކަމަށެވެ.

"ފަސް މީހަކު ގަމުން، ދެމީހަކު މާންދޫން، ގަމުން ޕޮޒިޓިވްވި ފަސް މީހުންގެ ތެރެއިން ދެމީހަކު ނިސްބަތްވަނީ އާބާދު ސަރަހައްދުން" އަލީ ނަޝީދު ވިދާޅުވިއެވެ.

މާންދޫ ކްލަސްޓާގައި މާންދޫ އަދި ގަމުން ޕޮޒިޓިވް ވި ޖުމްލަ މިހާރު މިވަނީ 266 އަށް އަރާފައެވެ. މީގެ އިތުރުން މި ކްލަސްޓާގައި ފޮނަދޫ 13 މީހަކު، ދަނބިދޫން ހަތަރު މީހަކު، އިސްދޫން ދެމީހަކު އަދި މާބައިދޫން އެކަކު ޕޮޒިޓިވް ވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް